ވިޓަމިން ސީއިން ލިބޭ ފައިދާތަކުގެ ތެރޭގަ އަވަހަށް ހަންގަނޑުގަ ރޫޖެހި މުސްކުޅިކަމަށް ދެއްކުމުން ދުރުކޮށްދިނުމާއި އިތުރު އެތައް ފައިދާތަކެއް ހިމެނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ވިޓަމިން ސީއިން ލިބޭ ފައިދާތަކުގެ ތެރޭގަ އަވަހަށް ހަންގަނޑުގަ ރޫޖެހި މުސްކުޅިކަމަށް ދެއްކުމުން ދުރުކޮށްދިނުމާއި އިތުރު އެތައް ފައިދާތަކެއް ހިމެނޭ!

ވިޓަމިން ސީ އިން ލިބޭ ފައިޑާތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެއްކަމަކީ އަވަހަށް ހަނގަނޑުގަ ރޫޖެހި މުސްކުޅިކަމަށް ދެއްކުމުން ދުރުކޮށްދިނުން ކަމަށް ދިރާސާތަކުން ދައްކައެވެ.  

މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް އެދޭނެ ނުވަތަ ބޭނުންވާނެ ކަމެކެވެ. ކޮންމެ ބޭހެއްވެސް ބޭނުންކުރަންވާނީ ޑޮކްޓަރުންގެ ލަފައާއެކުގައެވެ. ޑޮކްޓަރުން ބުނާ ވަރަކަށެވެ. މިކަމުގައިވެސް ހަމައެކަނި ބޭހަށް ބަރޯސާނުވާށެވެ. ވިޓަމިން ސީ ހަށިގަނދަސް ލިބޭނެ ތަކެތި ކައިބޮއިހަދާށެވެ!  

ވިޓަމިން ސީ އިން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި ތަފާތު ރޯގާތަކާއި ބޮޑެތި ބައެއް ބަލިތަކުން ސަލާމަތްވެ ތިބުމަށް އެހީތެރިވުމުގެ އިތުރުން ސިކުނޑީގެ މަސައްކަތްތަކަށް ފުރިހަމަކަން ގެނެސްދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ސްޓްރެސް ގެ މައްސަލަތަކަށް އެހީތެރިކަން ލިބުމާއި ކެންސަރު ބައްޔަށް ފަރުވާތަކުން ފައިދާ ކުރަން އެހީތެރިވުންވެސް ހިމެނެއެވެ. އެންޓި އޮކްސިޑަންޓް ހިމެނޭ ވިޓަމިންސީގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުވުމަށްވެސް އެހީތެރިކަން ލިބެއެވެ.  

ލުނބޯގެ ބާވަތްތަކާއި އޮރެންޖުގެ ބާވަތްތަކުން ވިތަމިން ސީ ލިބެއެވެ. ހަކުރުބަލި ފަދަ ބައެއް ބަލިތައް ހުންނަ މީހުން މިބާވަތްތައް ބޭނުންކުރުމަށް ޑޮކްޓަރުންގެ މަޝްވަރާ ހޯދުން ވަރަށް މުހިންމެވެ.  

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

މިއަދު އޮންލައިން