ކިތަންމެ ބޮޑުކަމެއް ކުރިމަތިވިޔަސް ކަންބޮޑުވެ ސަބަބާމެދު ސުވާލު ނުކުރާށެވެ! އެއީ ލެއްވެވި ރަހްމަތެއްކަން ފަހުން އެނގޭނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކިތަންމެ ބޮޑުކަމެއް ކުރިމަތިވިޔަސް ކަންބޮޑުވެ ސަބަބާމެދު ސުވާލު ނުކުރާށެވެ! އެއީ ލެއްވެވި ރަހްމަތެއްކަން ފަހުން އެނގޭނެ! އިން ޝާ ﷲ: މުފްތީ މެންކް

ތިމާއަށް ކަންބޮޑުވާންޖެހޭ ކަމެއް، ނުވަތަ ހިތްދަތިކަން ލިބޭ ޙާލަތެއް ކުރިމަތިވުމުން އެކަން މެދުވެރިވީ ކީއްވެގެންކަމާއިމެދު ގިނަ ބައަކަށް ސުވާލުކުރެވެއެވެ. އެއީ އަހަރެމެންނަށް ލިބިފައިވާ ޢިލްމް ކުޑަކަމުންނެވެ. އެސުވާލު ރައްދުވަނީ ﷲ ތަޢާލާގެ ޙަމްރަތަށެވެ! އެފަދަ ސުވާލުތައް ކުރެވެނީ ﷲ ތަޢާލާގެ މިންވަރުފުޅު ބަލައިގަތުމަށް ނުކުޅެދުންތެރިވެވޭތީއެވެ. ވީމާ ސުވާލުތައް އުފެއްދެނީއެވެ.

މިފަދަ ފަރާތްތަކަށް މުފްތީ މެންކް ވަނީ ވަރަށް އަގުހުރި ބަސްފުޅެއް ވިދާޅުވެފައެވެ. އެބަސްފުޅަށް ވިސްނައި ސަމާލުކަންދީފިނަމަ މިބަޔާންކުރި ޙާލަތުގައި ލިބޭ މާޔޫސްކަން ފިލައިގެންދާނެއެވެ. އިން ޝާ ﷲ

"އެއްވެސް މުޞީބާތެއް ނުވަތަ ޙާލަތެއް ކުރިމަތިވުމުން ނުވަތަ ތިބާ ދުވަހަކުވެސް އުންމީދު ނުކުރާފަދަ ކަމެއް މެދުވެރިވުމުން އެކަން ކުރިމަތިވީ ކީއްވެގެންކަމާއިމެދު ސުވާލުނުކުރާށެވެ. އެކަމެއް ހިތުގެ އަޑިން ބަލައިގަންނާށެވެ! އަދި އެއީ ﷲ ތަޢާލާގެ ނިންމެވުންކަން ޔަޤީންކުރާށެވެ!

ޙާލަތުގައި އަމަލުކުރަންޖެހޭނެ ކަންކަމަށް އަމާޒުކޮށްގެން އެކަންކަމުން އަރައިގަތުމަށް މަސައްކަތްކުރަމުން ގެންދާށެވެ! ތިބާއަށް އެކަމުން ކުރިމަތިވެދާނެ އެއްވެސް ކަމެއް ނުއެނގުނު ނަމަވެސް ތިބާ އާއިމެދު ﷲ ތަޢާލާ މިންވަރުކުރައްވަވާނީ ތބާއަށް އެންމެ ފައިދާހުރި ގޮތްތަކެވެ.

އެކަން ތިބާއަށް އެނގޭ ދުވަހު އެކަންކަން މެދުވެރިކުރެއްވެވިކަމަށްޓަކައި ތިބާ އުފާކޮށް ޝުކުރުވެރިވާނެއެވެ."

--މުފްތީ މެންކް

މިއަދު އޮންލައިން