ކައްވަޅުގަ ޢަޛާބު ލިބޭކަން މިހާރުވެސް އަންނަނީ ފެންނަމުން! ސަލާމަތްވެވޭނީ ވިސްނާ ހޭލުންތެރިވާ މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކައްވަޅުގަ ޢަޛާބު ލިބޭކަން މިހާރުވެސް އަންނަނީ ފެންނަމުން! ސަލާމަތްވެވޭނީ ވިސްނާ ހޭލުންތެރިވާ މީހަކަށް!

ދީނުގެ ކަންކަމަށް ފަރުވާކުޑަކުރެވެމުން އައިސް މަރުވުމާއި މަރުވުމަށްފަހު ދެން ކަންކަން ވެގެންދާނެ ގޮތުގެ މައްޗަށް ޢިލްމްވެރިން ދެއްވާ ދަރުސްތައް އަޑުއަހާ މީހުން މަދުވެއްޖެއެވެ. އެކަންކަން ބަޔާންކޮށް ލިޔެވިފައިވާ ފޮތްތައް ކިޔައިލާނެ ވަޤުތެއް އޮންނަ ކަމަށްވެސް ނުވެއެވެ.  

ނަތީޖާޢަކަށްވެގެން މިދަނީ މަރުމަތީގައި ކުރިމަތިވާނެ ކަންކަމާއި މަރުވުމަށްފަހު ދެން ކަންކަން ވެގެންދާނެ ގޮތުގެ މަޢުލޫމާތު ގިނަބއަކަށް ނުވެސް އެނގުމެވެ. ކައްވަޅުގައި ޢަޛާބް ލިބުމަކީ މެދުވެރިވާނެ ކަމެއްކަމަށް ޤަބޫލުކުރެވޭ މީހުން މަދުވުމެވެ. އެކަންކަމުގެ ސަބަބުން އާޚިރަތް ދުވަހަށް ބިރުވެތިކަން އަންނަނީ ކުޑަވަމުންނެވެ.  

ކައްވަޅުގައި ޢަޛާބްލިބޭނެކަން ޤަބޫލުނުކުރެވޭނަމަ އެއީ ހިތާމަހުރިކަމެކެވެ. ސަބަބަކީ ކައްވަޅުގައި ޢަޛާބް ލިބުން ޙައްޤުވާ މީހުންނަށް ޢަޛާބް ލިބޭނެކަން ޙަދީޘްފުޅުތަކުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމެވެ.  

ތިރީގައިވާ ވާހަކައަކީވެސް ޢިބްރަތަކަށް ފުދޭނެ ވާހަކައެކެވެ. އިން ޝާ ﷲ   

ކައްވަޅުގެ ޢަޛާބަށް ޝައްކުނުކުރާށެވެ!: ނަމާދަށް ފަރުވާކުޑަކުރި ކޮއްކޮގެ ޤަބުރުން އަލިފާނުގެ އަސަރު ފެނުނުކަމުގެ ވާހަކަ! 

ލިޔުމުގައިވާ ވީޑިއޯގައި ދިވެހިބަހުން އެވަނީ ނަމާދަށް ޣާފިލުވި އަންހެނެއްގެ ވާހަކައެވެ. މަރުވެ ވަޅުލުމުން އޭނާގެ ޤަބުރުން އަލިފާނުގެ އަސަރު އޭނާގެ ބޭބެއަށް ފެނުނުކަމުގެ ވާހަކައެވެ.  

"ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލް ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު (ހަލާކާއި ޢަޛާބު) ހުށްޓެވެ." (އަލްމާޢޫން: 4،5)  

ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ނަމާދު ވަގު ޖެހުމުން ނަމާދު ނުކޮށް ލަސްކުރުމަކީ ނަމާދަށް ޣާފިލުވުމެވެ. އެއް ނަމާދުކޮށްފައި އަނެއް ނަމާދު ނުކޮށް ދޫކޮށްލުމަކީ (5 ނަމާދު ހަމައަށް ނުކުރުމަކީ) ނަމާދަށް ޣާފިލުވުމެވެ. ނަމާދުގައި ފަރުވާކުޑަކުރުމަކީ ނަމާދަށް ޣާފިލުވުމެވެ. އެހެން ޚިޔާލުތަކުގައި ހުރެގެން ނަމާދުކުރުމަކީވެސް ހަމަ ނަމާދަށް ޣާފިލްވުމެވެ.  

މިކަންކަމުން އެނގެނީ އަޅުގަނޑުމެންގެ ތެރޭގައި ގިނައީ ނަމާދަށް ޣާފިލުވެ ތިބި މީހުންކަމެވެ. ޣާފިލުކަމާއިއެކު ނަމާދުކުރާ މީޙުންނެވެ! ބިރުވެތިވާށެވެ! ޢަމަލުތައް އިޞްލާޙްކުރާށެވެ! މިފަދަ ކޮންމެ ހާދިސާއަކީވެސް ހޭލުންތެރިވުމަށް ދެއްވަވާ ވަރުގަދަ އިންޒާރެކެވެ.  

ވީޑިއޯ އަޑުއައްސަވައިލައްވާށެވެ!   

ގުޅުންހުރި ވީޑިއޯ:

https://www.facebook.com/TeamASP/videos/341555213512960

މިއަދު އޮންލައިން