އަނބިމީހާ ވަޒީފާއަދާކޮށް އާމްދަނީ ނުހޯދިނަމަވެސް ދެމަފިރިންގެ މަސައްކަތުން ޙައްޖާ ޢުމްރާވާނެ ފައިސާ ޖަމާކުރަން ޢަމަލުކުރަންޖެހޭނެ ގޮތް! ޢަމަލުކުރީމާ ޖަމާކުރެވޭލެއްވެސް މާއަވަސްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އަނބިމީހާ ވަޒީފާއަދާކޮށް އާމްދަނީ ނުހޯދިނަމަވެސް ދެމަފިރިންގެ މަސައްކަތުން ޙައްޖާ ޢުމްރާވާނެ ފައިސާ ޖަމާކުރަން ޢަމަލުކުރަންޖެހޭނެ ގޮތް! ޢަމަލުކުރީމާ ޖަމާކުރެވޭލެއްވެސް މާއަވަސްވާނެ! އިން ޝާ ﷲ

އަހުރެންގެ ގާތުގައި އަންހެނަކު ކިޔައިދިނެވެ. އޭނާގެ ފިރިމީހާއަކީ ނަމާދުކުރާ ރަނގަޅު މީހެކެވެ. އަބަދުވެސް ކަންބޮޑުވެގެން އުޅޭނީ އިތުރު ޢުމްރާއަކަށް ނުދެވިގެންނެވެ. އެކަމަކު ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ބޭމނުމެއް ނުވެއެވެ. ކިތަންމެ ކުޑަކަމެއް ނަމަވެސް އޭނާގެ ހިތް ހަމަނުޖެހޭ ގޮތަކަށް ކުރެވިއްޖެނަމަ އަނގައިން ނުބުނެ މަސް ދެމަސްވަންދެންވެސް ހުރެދާނެއެވެ. މިއީ ފިރިންކަމަށްވީމާ ޢަމަލުކުރަން ހުއްދަ އޮންނަ ގޮތްތޯއެވެ؟ 

ޖަވާބުގައި އަހުރެން ބުނީމެވެ. ދެވެން އޮތްނަމަ ގިނަގިނައިން ޢުމްރާވުމަކީ މައްސަލައެއް ނޫނެވެ. އެއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އަދި އަނބިމީހާއާއިމެދު ތިއަގޮތަށް ކަންތައްކުރާކަން އެއީ ވަރަށް ގޯސްކޮށް ކުރެވޭ ކަމެކެވެ. އެއީ މީހަކަށް ކުރެވޭނެ އެންމެ ގޯސް އެއްކަންތަކެވެ. 

ސަބަބަކީ ދެމަފިރިއެއްގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުނުކޮށް ރުޅިވެރިކަމުގަ ތިބޭނަމަ އެދެމީހުންގެ ސިކުނޑީގައި ޝައިޠޯނާ އަންނާނީ ހާލިހަދަމުންނެވެ. ގެންދާނީ ދެމީހުންވެސް މަގުފުރައްދަމުންނެވެ. އޭތި ހިންދެމިލާނީ އެދެމިރިއަކު ވަރިކުރުވާފައެވެ. މުސްލިމުންނަކީ 3 ދުވަހަށްވުރެ ގިނަ ދުވަހު ވާހަކަ ނުދައްކައި ތިބުން ހުއްދަ ބައެއް ނޫނެވެ. އަދި ދެމަފިރިން ކަމުގައިވީނަމަވެސް ޙަސަދަވެރިވެގެން ތިބޭނަމަ އެމީހުން ޞުލްހަވަންދެން އެމީހުންގެ ހެޔޮ ޢަމަލުތަކަށް ޖަޒާނުދެއްވަވައި ސަސްޕެންޑް ކުރައްވަވައިފާނެކަމުގެ ބިރަކީ އެންމެ ބޮޑު ބިރެވެ! 

ޙައްޖަށްދާން އެދިގެންވެސް އަދި ޢުމްރާވުމަށް އެދިގެންވެސް ދެމަފިރިން އެކުގައި އެކަމަށް މަސައްކަތްކުރާށެވެ! މިހެން ބުނީމާ އަނބިމީހާ ވަޒީފާއަދާނުކޮށް ހަމައެކަނި ފިރިމީހާ ވަޒީފާއަދާކުރާނަމަ އެކަމަށް މަސައްކަތްކުރަން އަނބިމިހާއަށް ކުރެވޭނީ ކޮންކަމެއްތޯ ސުވާލުކޮށްފާނެއެވެ. އެސުވާލުގެ ޖަވާބުވެސް ދޭނަމެވެ. 

ފިރިމީހާ މަސައްކަތްކޮށްގެން އާމްދަނީ ހޯދާނީއެވެ. އަނބިމީހާ އެއަށް ރައްކައުތެރިވެ ޚަރަދުތައް ކުޑަކޮށްގެން ދިރިއުޅެން މަސައްކަތްކުރާނީއެވެ. ކުޑަޚަރަދަކުން ގޭތެރޭގެ ކަންކަން މެނޭޖްކުރަން މަސައްކަތްކުރާނީއެވެ. އެއިރުން އެކަން ޙާޞިލުކުރަން މަސައްކަތްކުރަމުން އެގެންދެވަނީ ދެމީހުންނަށެވެ. ދެމަފިރިން އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުން އެދުމުން ކޮންމެކަމެއްވެސް މާފުރިހަމައަށް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން