މެންދުރު ނަމާދުގެ އިހު ސުންނަތުގެ ހަތަރު ރަކުޢަތް ފަރުޟު ނަމާދުގެ ހަތަރު ރަކުޢަތް ކުރާ ގޮތަށް ކުރެވިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މެންދުރު ނަމާދުގެ އިހު ސުންނަތުގެ ހަތަރު ރަކުޢަތް ފަރުޟު ނަމާދުގެ ހަތަރު ރަކުޢަތް ކުރާ ގޮތަށް ކުރެވިދާނެތޯ؟

މެންދުރު ނަމާދުގެ އިހު ސުންނަތުގެ ހަތަރު ރަކުޢަތް ފަރުޟު ނަމާދުގެ ހަތަރު ރަކުޢަތް ކުރާ ގޮތަށް ކުރެވިދާނެތޯ؟ އަދި ޢަސުރު ނަމާދުގެ ކުރިންވެސް އަދި ފަހުންވެސް ސުންނަތެއް ކުރެވިދާނެތޯ؟  

އާ މިހާރު މެންދުރު ނަމާދުގެ އިހު ސުންނަތުގެ ހަތަރު ރަކުޢަތް މެންދުރު ނަމާދު ކުރާގޮތަށް ކުރެވިދާނެތޯ މީގެ މާނައަކީ ފުރަތަމަ އައްތަޙިއްޔާތަށް އިނދެފަ ސަލާން ނުދީ ތެދުވެ، އާ ކުރެވޭނެ މައްސަލައެއް ނޫން އެއީކީ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަމައެކަނި ވިތުރިއާ ބެހޭގޮތުން ޙަދީޘް ކުރައްވާފަ އޮތީ، ތިޔަބައިމީހުން ވިތުރި މަޣްރިބު ނަމާދާ ވައްތަރު ނުކުރާށެވެ. އެހެންމަ ވިތުރި މަޣްރިބު ނަމާދާ ވައްތަރުވާނެ އެގޮތަށް ދެ ރަކްޢަތް ކޮށްފަ އިށިއިނދެފަ  އައްތަޙިއްޔާތު ކިޔާފަ ސަލާން ނުދީ ތެދުވެއްޖެއްޔާ. ސަލާން ނުދީ ތެދުވެއްޖެއްޔާ މަޣްރިބު ނަމާދާ ވައްތަރުވާނެ، އެގޮތް މަނާ. އެހެންމަ ވިތުރިއާ ބެހޭގޮތުން ޙަދީޘް އައިއްސަ އިނީ އެހެން ސުންނަތަކާ ބެހޭގޮތަކުން ނެތް އައިއްސައެއް. އެހެންމަ އެހެން ސުންނަތް ކުރެވޭނެ ފަރުޟު ނަމާދު ކުރާ ގޮތަށް. މައްސަލައެއް ނޫން އެއީކީއެއް.  

ޢަސުރު ނަމާދުގެ ކުރިން ކުރެވޭނެ 4 ރަކުޢަތް، ފަހަކުން ނުކުރެވޭނެ. އެއީ ޢަސުރު ނަމާދަށް ފަހުގައި އިރު އޮއްސިއްޖައުމަށް ދާންދެން ނަމާދު ކުރުމަކީ މަނާ ކުރައްވާފަ ވާކަމެއް. އެހެންވީމަ ނަމާދު ކުރުން މަކުރޫޙަ ވަގުތެއް އެއީ. ސަބަބެއް ނުވާ ނަމާދެއް ކޮށްގެން ނުވާނެ. އެއީ މަނާ ކުރައްވާފައިނީ އެވަގުތުގައި ނަމާދު ކުރުން. ޢަސުރު ނަމާދުގެ ފަހުގައި އިރު އޮއްސިއްޖައުމަށް ދާންދެން.

 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

މިއަދު އޮންލައިން