ޙިޖާބް އަޅައިގެން އުޅުމަކީ ކުރަން ފަސޭހަކަމެއް ނޫން ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ ކަނބަލުންނަށް އެއީ ބުރަކަމެއް ނޫން! މިކަންކަން އެނގޭނަމަ އަޅާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ޙިޖާބް އަޅައިގެން އުޅުމަކީ ކުރަން ފަސޭހަކަމެއް ނޫން ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ ކަނބަލުންނަށް އެއީ ބުރަކަމެއް ނޫން! މިކަންކަން އެނގޭނަމަ އަޅާނެ!: މުފްތީ މެންކް

ޙިޖާބް އަޅައިގެން އުޅުމަކީ ކުރަންފަސޭހަކަމެއް ނޫނެވެ. އެހެންކަމާއިއެކުގައިވެސް އެކަނބަލުން ޙިޖާބް އަޅައިގެން އުނދަގޫ އުފުލަނީ އެކަނބަލުންގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ. ވީމާ ޙިޖާބްއަޅައިގެން ހުރި އަންހެނަކު ފެނިއްޖެ ނަމަ އަވަހަށް އެ އަންހެނަކަށްޓަކައި ހެޔޮދުޢާ ކުރާށެވެ! 

އީމާންކަމުގެ މީރުކަން ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި 3 ސިފައެއް އެމީހެއްގެ ގައިގައި ހުންނަންޖެހެއެވެ. އެއިގެ ތެރެއިން ފުރަތަމަ ސިފައަކީ އެމީހާގެ ހިތުގައި އެހެންހުރިހާ އެއްޗަކާއި ކަންކަމަށްވުރެ ﷲ ތަޢާލާއަށާއި ރަސޫލް () އަށް ލޯބި ބޮޑުވުމެވެ.  

މީގެ ތެރޭގައި އެމީހާއަށް ލިބިފައިވާ ތަނަވަސްކަންވެސް ހިމެނެއެވެ. ތަނަވަސްކަން ހޯދާ ގޮތްވެސް ހިމެނެއެވެ. އަދ ޚަރަދުކުރާ ގޮތްވެސް ހިމެނެއެވެ. އެގޮތުން ފުރަތަމަކަމަކީ ތިމާއަށް ލިބިފައިވާ ތަނަވަސްކަމަށްވުރެވެސް ބޮޑަށް ﷲ ތަޢާލާއަށާއި ރަސޫލް () އަށް ލޯބި ބޮޑުވުމެވެ. ދެވަނަކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތުގައި ތަނަވަސްކަން ހޯދުމެވެ. 3 ވަނަ ކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތުގައި ޚަރަދުތައް ކުރުމެވެ.  

މީގެތެރޭގައި ތިމާ ހެދުން އަޅާ ގޮތްވެސް ހިމެނެއެވެ. ހަށިގަނޑުގެ ސިފަ ބަހައްޓަން މަސައްކަތްކުރާ ގޮތްވެސް ހިމެނެއެވެ. ވީމާ ހެދުން އަޅަން ޖެހޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށެވެ. އެހެން ނޫންނަމަ އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯތްބާއިމެދު ސުވާލު އުފެދެއެވެ.  

ލޮބުވެތި ކަނބަލުންނަށް ބުނަމެވެ. ތިއަ ކަނބަލުން ﷲ ތަޢާލާ އެންގެވިމަގުން ނިވާވެގެން ތިބުން ވެސް ހިމެނެނީ ﷲ ތަޢާލާއަށް ލޯބިވުމުގެ ތެރެއިންނެވެ. އެކަން ނުކުރާނަމަ ތިއަ ކަނބަލުންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އޮތްމިންވަރު، ރަސޫލް ()ގެ ޙަދީޘްފުޅަކަށް ނުފެތެއެވެ.  

މިއަދުގެ ޙާލަތަކީ ޙިޖާބަ އަޅައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމަށްވުރެ ނޫޅުން މާފަސޭހައެވެ. ނަމާދުކުރުމަށްވުރެ ނުކުރުން މާފަސޭހައެވެ! އެއީ އެމީހުންގެ ވަށައިގެންވާ މާޙައުލުން އެކަންކަން ނުކޮށް އުޅެން ފަސޭހަވާތީއެވެ. ނަމަވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވާނަމަ އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ލޯތްބެއް ނެތެވެ.  

ޙިޖާބް އަޅައިގެން އުޅުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އެކަން ކުރާ އަންހެނުން އެކަން އެކުރަނީ އެމީހުންގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ! އެފަދަ އަންހެނުންނަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުރި ދަރަޖައިގެ މަތިވެރިކަން ބޮޑުކަމާއިއެވެ.  

ހަމަ އެއާއިއެކު ރަސޫލް ()އަށް ލޯބިކުރާނަމަ އިތުރު ޞާޙިބާ ()ގެ ސުންނަތަށް ފުރިހަމައަށް ޢަމަލުކުރާނެއެވެ. ޢަމަލު ނުކުރާނަމަ އެމީހަކީ ރަސޫލް () ދެކެ ލޯބިވާ މީހެއް ކަމަކަށް ނުބެލެވޭނެއެވެ!  

ބައެއް ޤައުމުތަކުގައި ޙިޖާބަ އެޅުމުން ޖުރުމަނާއެބަ ކުރެއެވެ. ނަމަވެސް ހަމަ އެ ޤައުމުތަކުގެ މުސްލިމުން އެބުނަނީ ޙިޖާބް އަޅާށެވެ! ޙިޖާބް އަޅައިގެން ކުރާ ޖުރުމަނާ ދައްކައިދޭނެ ކަމަށެވެ. އީމާންތެރިންނަކީ އެއީއެވެ. އެމީހުން ހޭދަކުރަން ތައްޔާރަށް އެތިބީ ﷲ ތަޢާލާއަށްޓަކައެވެ. އެމީހުންނަށް އެއީ ކޮންބައެއަކންވެސް ނުއެނގޭ އަންހެނުންނަށެވެ.

 

- މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން