ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ދެމަފިރިން ދުރުކުރުވަން ހަދާ ފަނޑިތައަކީ ނުވަތަ ފަންޑިތަ ހެދުމަކީ މާބޮޑު މައްސަލައެއް ނޫން ކަމަށެވެ. ނަމަކަށް ފަންޑިތަކީނަމަވެސް އެހެދެނީ ހަމަ ސިޙުރެވެ. ޙުކުމުގައި ތަފާތެއް ނެތެވެ.
ދެމަފިރިއަކު ދުރުކުރަން ހަދާ "އިސްތިރިވަރިތޮޅި" އަކީވެސް ހަމަ ޝިރުކެވެ. އެހެނީ އެއީވެސް ސިހުރެވެ. ސިހުރު ހަދަނީ ޝިރުކު ކުރުމުގެ އެތައް އަމަލެއް ކޮށްގެންނެވެ. ސިހުރު ހަދަން ކުރަނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމެވެ. ކުރާ ކަމަކީ އިސްލާމް ދީނަށާއި ކީރިތި ޤުރްއާނަށް އިހާނެތިކަންކަން ކުރުމެވެ. ސިހުރުހަދާ މިހާ އެދަނީ ކުށުގެ ދަރަޖައަށެވެ. ޖުމްހޫރު ޢިލްމްވެރިން ބަޔާންކުރައްވަވާ ގޮތުގައި ސިހުރުހަދާމީހުންނަކީ ސީދާ ކާފިރުންނެވެ.
ސިހުރު ހަދަނީ ޙާޞިލުކުރަން ބޭނުންކަންކަން ޙާޞިލުނުކުރެވުމުން އެކަންކަން ޙާޞިލުކުރެވޭނެ ކަމުގެ އުންމީދުގައެވެ. ސިހުރު ނެތް ޒަމާނެއް އޮތްކަމަށް ބުނެވޭކަށް ނެތެވެ. އެހެނީ "ކޮންމެ ނަބީބޭކަލެއްވެސް އަދި ރަސޫލް ބޭކަލެއް ފޮނުއްވެވުމުން ވެސް އެއީ ސިޙުރުވެރިއެއްކަމަށް މީސްތަކުން ބުނާކަމަށް" ކީރިތި ޤުރްއާނުގައި އެބައޮތެވެ.
ރަސްރަސްކަލުންގެ ޒަމާނުގައި ރަސްކަން ދަމަހައްޓަންވެސް ސިހުރު ހަދައެވެ. މަޤާމުތައް ހޯދުމަށާއި މަޤާމުތަކުގައި ދެމިތިބެންވެސް ސިހުރުހަދައެވެ. ޢާންމުގޮތެއްގައި ސިހުރު ހަދަނީ އެކަމެއް ކާމިޔާބުކުރެވޭނެ ދެވަނަގޮތެއް ނެތުމުންނެވެ. މިސާލަކަށް ކަނޑިހިފައިގެން ގޮސް މީހަކު މަރައިފިނަމަ އެނގޭނެތީއެވެ. ފިތުނަ އުފައްދައިގެން ދެމަފިރިން ވަރިކުރުވަން އުނދަގޫވާތީއެވެ.
ސިހުރާއިބެހޭ ގޮތުން ޝައިޚް ޢަބްދުލްޢަޒީޒް ޢާއި ޝައިޚް ޢިއްޒުއްދީން ޢަދްނާން ދެއްވާފައިވާ މައުލޫމާތު އަޑުއައްސަވައިލައްވާށެވެ!
https://www.facebook.com/minislamicaff/videos/2947549075529347