އަރާމުކަމާއެކު ނިދާލަން ނިކަން މިކަންކަން ކޮށްލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އަރާމުކަމާއެކު ނިދާލަން ނިކަން މިކަންކަން ކޮށްލަބަލަ!

ނިދަން މަސައްކަތްކުރިނަމަވެސް ނިދިނާންނާތީ ނުވަތަ ނުނިދޭތީ ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންކަމުން މިގެނެސްދެނީ ފަސޭހައިން ނިދޭނެ، އަދި އަރާމު ނިންޖެއްގައި ނިދައިލުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ. އިން ޝާ ﷲ  

ރަނގަޅު ނިންޖެއް ލިބުމަކީ ވަރަށް ބޮޑު ރަޙްމަތެކެވެ. ރަނގަޅު ނިންޖެއް ހޯދުމަށްޓައި ކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ކަމަކީ އަވަހަށް ނިދަން މަސައްކަތްކުރުމެވެ. އަދި ނިދާއިރު ކިޔަން ހުންނަ ޛިކުރްތައް ކިޔުމެވެ. ނިދުމުގެ ކުރިން ވުޟޫކުރުމަކީ ނިދަން ފަސޭހަވާ ކަމެއްކަން މިހާރުވަނީ ސައިންސުގެ ހޯދުންތަކުން ވެސް ޘާބިތުވެފައެވެ.  

ރަނގަޅު ނިންޖެއް ލިބުމަށް އެދޭމީހާ އެކަމަށް އެދިގެން މަސައްކަތްކުރަނިކޮށް ނިދަން އުނދަގޫވާ ފަދަ ކަންކަން މެދުވެރިވާނަމަ، ރަނގަޅު ނިދިނުލިބޭނަމަ ހެނދުނު 20-30 މިނިޓް ހިނގައިލުމަކީވެސް ފަރުވާއެކެވެ. ހިނގަން އެންމެ ރަނގަޅު ވަޤުތަކީ އިރުއަރައިގެން އަންނަ ވަޤުތެވެ.  

ހަމަ އެއާއިއެކު ނިދުމުގެ 8 ގަޑިއިރު ކުރިން ފެށިގެން ކޮފީގެ ބާވަތްތައް ބޭނުން ނުކުރާށެވެ. ކޮފީ ބުއިނަމަވެސް ނިދޭ މީހުން ތިބެދާނެއެވެ. ނަމަވެސް އެފަދަ މީހުންނަށް ނިދީގައި އުނދަގޫތައް ކުރިމަވާން ފަށާނެއެވެ.  

ނިދުމުގެ ކުރިން ކެމޮމައިލް ޓީ ފަދަ ސައިތަށްޓެއް ބޮއެލުމަކީވެސް ގިނަ ބައަކަށް ނިދަން ފަސޭހަވާ ކަމެކެވެ. މިގޮތުން ބޭނުންކުރާ ބުއިމަކީ ހަކުރު ނެތް ބުއިމެއްކަމަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަކުރު ބޭނުންކޮށްގެން ނިދުމަކީ ޞިއްޙީ ގޮތުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާ ކަމެކެވެ.  

- އަލަފް /މިއަދުނޫހަށް

މިއަދު އޮންލައިން