ތިބާ ދުނިޔޭގަ ހުރެ ސޯޝަލް މީޑިއާގައި ކުރި ފާތައް ﷲ ތިބާއަށް ދެއްކެވުމުގެ ކުރިން ތައުބާވާށެވެ! މިއަދުން މިއަދަށްވެސް ޑިލީޓްކޮށްލާށެވެ! މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ތިބާ ދުނިޔޭގަ ހުރެ ސޯޝަލް މީޑިއާގައި ކުރި ފާތައް ﷲ ތިބާއަށް ދެއްކެވުމުގެ ކުރިން ތައުބާވާށެވެ! މިއަދުން މިއަދަށްވެސް ޑިލީޓްކޮށްލާށެވެ! މުފްތީ މެންކް

މިކުރެވެނީ ފާފައެއްކަން ނުވެސް ވިސްނި ތިބެ ގިނަ ބައަކަށް އެންމެ ގިނައިން ކުރެވޭ އެއް ފާފައަކީ ސޯޝަލްމީޑިއާގައި ކުރެވޭ ފާފަތަކެވެ. އެކަންކަމަށް ހޭލުންތެރިވުމަށާއި އެފަދަ ފާފަތައް ނުކުރަން ޢިލްމްވެރިން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ. އެހެންކަމާއިއެކުވެސް އެފަދަ ނުބައި ޢަމަލުތައް ކުރެވޭ މީހުން އަންނަނީ ގިނަވަމުންނެވެ.

ތިރީގައިވާ މުފްތީ މެންކުގެ ބަސްފުޅަށް ވިސްނައިލާށެވެ!  

ޤިޔާމަތް ދުވަހު ﷲ ތަޢާލާ ތިބާއަށް ތިބާ، ތިބާގެ ފޯނުން ނުވަތަ އެނޫންވެސް އެފަދަ ވަސީލަތްތަކުން ކުރި ނުބައި އަމަލުތައް ދައްކަވައި އެކަންކަމާއިދު ސުވާލުކުރައްވަވާނެތެވެ! ދޭން އޮންނާނީ ކޮން ޖަވާބެއް ހެއްޔެވެ؟ އެއިގެ ކުރިން އަވަހަށް އެތަކެތި ޑިލީޓްކުރާށެވެ! (އެކަންކަމަށް ތައުބާވެ އެކަންކަން ކުރުން މުޅިން ހުއްޓައިލާށެވެ!  

ބައެއް މީހުން ގޭގައި ތިބެ ފޫހިވުމުން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ޢަމަލުތައް ކުރެއެވެ. ފޯނު ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ނުބައި ބަސްބުނުމާއި ފާފަވެރިވާނެ ވާހަކަތައް ފެތުރުމާއި މިހެންގޮސް ހުއްދަނޫން މަންޒަރުތަކާއި ވީޑިއޯތައް ބެލުމާއި ފެތުރުމާއި އެނޫންވެސް ތަފާތު ނުބައި ޢަމަލުތައް ކުރެއެވެ!  

މިއަދަކީ ﷲ ތަޢާލާގެ އަމުރުފުޅަށް އިބްރާހީމްގެފާނު އިސްމާޢިލްގެފާނު ޤުރްބާން ކުރައްވަވަން އުޅުއްވެވި ދުވަހެވެ! އަހަރެމެން ކުރަންވީކަމަކީ އަހަރެމެންކުރާ ނުބައި އަމަލުތައް ކަތިލުމެވެ! މިފަދަ ދުވަހެއްގައި އެންމެ މުހިންމު އެއްކަމަކަށް އަހަރެމެން ކުރަންއޮތް ކަމަކީ އަހަރެމެންގެ ސޯޝަލް މީޑިއާގައި އެމީހާ ކުރި ނުބައި ޢަމަލުތައް ޑިލީޓްކުރުމެވެ! (ފޯނާއި އެހެނިހެން ގޮތްގޮތުން ކުރާ ނުބައި ޢަމަލުތައް ކުރުން ހުއްޓައިލުމެވެ!  

- 2020 ވަނަ އަހަރުގެ ޢަރަފާތު ދުވަހު މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅަކުން 

ޢަރަފާތު ދުވަސް ފަދަ މުހިންމު ދުވަހަކު މުފްތީ މެންކް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ އެއީ ފާފައެއް ކަމަށް ވެސް ނުދެކި ގިނަ ބައަކު ސޯޝަލް މީޑިއާގައި ނުބައި ޢަމަލުތައް ކުރަމުން ގެންދާތީ އެކަމުގެ ބިރު އޮތް މިންވަރު ބޮޑުކަމުންނެވެ. ގިނަ ބައަކު އެފަދަ ޢަމަލުތައް ކުރަނީ މިކުރަނީ ފާފައެއް ކަމާއިމެދުވެސް ވިސްނައިނުލައެވެ. މަޖަލަކަށެވެ. ވީމާ މިފަދަ ޢަމަލުތައް ކުރެވޭ މީހުން ވިސްނައި ހޭލުންތެރިވުން ހުއްޓެވެ.

މިއަދު އޮންލައިން