ލިޔުމުގައި އެވަނީ ކޮރޯނާ ވައިރަސްގެ ދުވަސްވަރު މަސްޖިދުއްނަބަވީ ބަންދުކުރަންޖެހުނު ޙާލަތާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޑޮކިޔުމަންޓްރީ ވީޑިއޯއެކެވެ. މި ވީޑިއޯއަކީ މަސްޖިދުއްނަބަވީ ލޮލަށް ފެނިފައިނުވާ މީހުންނާއި އަދި ފެނިފައިވާ މީހުން ވެސް ބަލައިލުން ހަމަ މުހިންމު ވީޑިއޯއެކެވެ. ވީޑީއޯއިން ފެންނަ ބައެއް ތަންތަނަކީ މިސްކިތްކޮޅަށް ޒިޔާރަތްކުރި ނަމަވެސް ފެނިފައި ނުވާ ބައެއް ތަންތަން ކަމަށްވުން ގާތެވެ!
ހަމައެއާއިއެކު ދަރިންނަށާއި ޢާއިލާގެ މީހުންނަށްވެސް ޙިއްޞާކުރާށެވެ. އެކުގައި ދިރިއުޅޭ އެންމެން އެކުގައި ތިބެގެންވެސް ބަލާށެވެ. ދެ ޙަރަމްފުޅަށާއި އިސްލާމް ދީނަށް ލޯބި އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ
ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ދެ ޙަރަމްފުޅަށް ޒިޔާރަތްކުރުމެވެ. ހިތުގައި އޮންނަ ލޯބީގެ ބޮޑުކަމުންނެވެ. ދެ ޙަރަމްފުޅުގައި ނަމާދުކުރުން ދެއްވަވާ ޘަވާބުގެ ގިނަކަމަޑަތައެވެ.
މައްކާގެ ޙަރަމްފުޅުގައި ނަމާދުކުރުމުން 100،000 ނަމާދުގެ ޘަވާބު ދެއްވަވަތެވެ. މަސްޖިދުއްނަބަވީގައި ނަމާދުކުރުން 1000 ނަމާދުގެ ޘަވާބު ދެއްވަވަތެވެ. އަދި މަސްޖިދުލްއަޤްޞާގައި ނަމާދުކުރުމުން 500 ނަމާދުގެ ޘަވާބު ދެއްވަވަތެވެ.
The Prophet has told us that there are three mosques to which we may travel for the purpose of worship. These are the Haram in Makkah, the Prophet’s Mosque in Madinah and Al-Aqsa Mosque in Jerusalem. This shows the special status of these three mosques. In another Hadith, he tells us that a prayer in Al-Aqsa Mosque is given the reward of 500 prayers elsewhere, while a prayer in the Prophet’s Mosque in Madinah earns the reward of 1000 prayers, and in the Haram in Makkah a prayer is given a reward equal to that of 100,000 prayers. This tells you much about the importance of these three places of worship.
--Arab News
މީސަތްކުން ޢުމުރާވުމަށް ގިނައިން 2 ޙަރަމްފުޅަށް ދާން ޝައުޤުވެރިވާ އެންމެ ބޮޑު ސަބަބަކީވެސް ހަމައެއީއެވެ.
ގުޅުންހުރި ވީޑިއޯ: