ދުވަހަކު ސުވަރުގެ ނުވައްދަވާނެ ބައަކުވެއެވެ! އެއިން ސިފައެއް ތިމާގެ ކިބައިގަ އެއްވެސް ވަރަކަށް ހުރިއަ ނުދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދުވަހަކު ސުވަރުގެ ނުވައްދަވާނެ ބައަކުވެއެވެ! އެއިން ސިފައެއް ތިމާގެ ކިބައިގަ އެއްވެސް ވަރަކަށް ހުރިއަ ނުދޭށެވެ!

ނަރަކައިގެ ދިލަ ކިރިޔަކިރިޔާ ބީހިލިޔަސް އެމީހެއްގެ ހޭނެތޭވަރުވެ އެއީ ތިމާއަށް ލިބުނު އެންމެ ބޮޑު ވޭންކަމުގައި އޙްޞާޞްކުރެވޭނެއެވެ. ހިނދުކޮޅަކަށް ނަމަވެސް ނަރަކައަށް ވަންނަން ޖެހިއްޖެ މީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ ދާއިމަށް ނަރައިކައިގައި އޮންނަން ޖެހިއްޖެ މީހަކަށްވުރެ ބޮޑަށް ހިތާމަކުރަންޖެހޭނީ ކާކަށް ހެއްޔެވެ؟ 

ﷲ ތަޢާލާއަށް އީމާންވި މީހުންގެ ތެރެއިންވެސް ބައަކަށް ވަކިމުއްދަތަކަށް (އެމީހަކަށް ކުރެވިފައިވާ ފާފަތަކުގެ ސަބަބުން (ފާފަތަކަށް ތައުބާ ނުދެވި އޮތުމުގެ ސަބަބުން) ނަރަކައަށް ވަންނަންޖެހޭނެ ބައަކު ތިބޭނެއެވެ. އެމީހުންނަށް ޙައްޤުމިންވަރަށް ޢަޛާބުލިބުމުން ނަރަކައިން މިންޖުކުރައްވަވާނެތެވެ. މަސައްކަތްކުރަންވީ ފަޅިސިކުންތަކަށްވެސް ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށް ވުމަށެވެ. 

މިޙަދީޘްފުޅަށް ވިސްނައި ބިރުވެތިވާށެވެ! 

ޙަދީޘްފުޅުގައި ވަނީ ދުވަހަކުވެސް ސުވަރުގެ ނުވައްދަވާނެ 3 މީހަކު ވާކަމަށެވެ. އެ 3 މީހުންނަކީ: 

1  ފުރަތަމަ މީހާއަކީ ދައްޔޫސުންނެވެ. (ދައްޔާސުންނަކީ އެމީހާގެ އަނބިމީހާގެ ގާތަށް ވަދެނުކުމެވަނީ ކޮންބައެއްކަން ނުބަލާމީހުންނެވެ. ޒިނޭކުރުމާއި ފާހިޝް އަމަލުތައް ކުރަން ރުހިގެން ހުންނަ މީހާއެވެ! 

2  އަންހެނުންގެތެރޭގައި ފިރިހެނުންނާއި ވައްތަރުވެގެން އުޅޭ މީހުން (ފިރިހެނުންނާއި އެއްވަތަރުވެގެން އުޅޭ އަންހެނުން) 

3  ރާބުއިމުގަ މަސްތުވެ އުޅޭ މީހާ 

- ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް 

މިޙަދީޘް ތަފްޞީލުކޮށްދެއްވަމުން ބައެއް ޢިލްމްވެރިން ވިދާޅުވެފައިވަނީ މި ޙަދީޘްފުޅުގައި އަންހެނުންގެ ވާހަކަ ޙަދީޘްފުޅު ކުރައްވަވާފައި އޮތް ނަމަވެސް އެގޮތަށް އުޅޭ ފިރިހެނުންވެސް މިހަދީޘްފުޅުގައި ހިމެނޭނެ ކަމަށެވެ. 

"އެއްވައްތަރުވުމުގެ ތެރޭގައި 2 ކަމެއް ހިމެނޭ! އެއްކަމަކީ އެއްގޮތަށް އުޅުން 2 ވަނަ ކަމަކީ އެއްގޮތަށް ހެދުން އެޅުން!" ކަމަށްވެސް ވިދާޅުވެއެވެ.  

ގުޅުންހުރި ވީޑިއޯ:

https://www.facebook.com/watch/?v=321474718987288

 

 

 

 

 

 

 

މިއަދު އޮންލައިން