އަޅުގަނޑު އުޅެނީ ޕޮލިސް ސާރވިސްގަ. ބައެއް ހާދިސާތަކުގަ އަދި ސެކިއުރިޓީ ކަންކަމުގަ ބުރަކޮށް އުޅޭއިރު ނަމާދުވަގުތު ގެއްލިދާނެ ކަމުގެ ބިރު އޮވޭ. މިފަދަ ޙާލަތެއްގަ ނަމާދު ޖަމްޢު ކުރެވިދާނެތޯ؟ އަދި ކުރެވެންޏާ އިސްކޮށް އަދި ފަސްކޮށްވެސް ކުރެވޭނެތޯ؟
އާދެ، ކުރެވޭނެ! މައްސަލައެއް ނޫން އެއީކީއެއް. ބޮޑު ކަމެއް ޖެހިއްޖެއްޔާ ޖަމްޢު ކުރެވޭނެ. އިސްކޮށްވެސް ފަސްކޮށްވެސް ޖަމްޢު ކުރެވޭނެ.
- ޝައިޚް މުޙައްމަދު އިބްރާހީމް
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި މިއީ ޒިންމާދާރުވެ ކޮންމެހެން ވަޒީފާގެ މަސްއޫލިއްޔަތު ހިނދުކޮޅަކަށް ނަމަވެސް މެދުކަނޑައިލެވެން ނެތްނަމައެވެ. ޚާއްޞަ ޙާލަތްތަކުގައެވެ. ޢާންމުކޮށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގަ އެންމެ ރަނގަޅު ގޮތަކީ ނަމާދުގެ ވަޤުތުގަ އެނަމާދެއް ކުރުމެވެ. ހަމައެކަނި ނަމާދު ނަމަވެސްމެއެވެ.