އެއްވެސް ތަރިއެއްގެ ސަބަބުން އެއްވެސް ކަމެއް މެދުވެރިވާނެކަމަށް ޤަބޫލުކުރުމެއް ނެތް! ތަރިތައް ލައްވަވާފައިވަނީ 3 ކަމަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 27ސ
އެއްވެސް ތަރިއެއްގެ ސަބަބުން އެއްވެސް ކަމެއް މެދުވެރިވާނެކަމަށް ޤަބޫލުކުރުމެއް ނެތް! ތަރިތައް ލައްވަވާފައިވަނީ 3 ކަމަކަށް!

ތަރިއެއްގެ ސަބަބުންނޭ ވާރެ ވެހުނީ، އެގޮތަށް އިޢުތިޤާދު ކުރުމާ ބެހޭގޮތުން ނުވަތަ އޭގެ ގޯސްކަމާ ބެހޭގޮތުން ޙަދީޘް އޮވޭ ދެއްތޯ އައިއްސަ. ދެން މި ނަކަތްތަކުގަ އެބަ ބަލާ ވަރަށް ބޮޑަށް ތަރިއަށް އިނގޭތޯ. ތަރިތަކަށް ބަލާފަ ދެން އެ ވާގޮތަކީ އެއްކަލަ އެކި ނަކަތްތަކުގަ ތަރިތަކުގެ އެތުރުން އެކި ގޮތްގޮތައް އެ އެތުރެނީ އިނގެތޯ.  

ދެން އެކަމަކު ތަރީގެ ސަބަބަކުން ނޫން، މިސާލަކަށް ނަކަތުގަ ވާ ކަންތައްތައް ސެއިޚް ތި ވިދާޅވިހެން މިސާލަކަށް ކުއްލިކުއްލިއަށް ވައި ގަދަވުމާއި، އެކަހަލަ ކަންތައްތަކަށް ބަލާފަ މިސާލަކަށް މިވެނި ނަކަތެއްގަ މިވެނި ގޮތަކަށް ވެއޭ، އަޅުގަނޑަށް ހީވަނީ އެގޮތަށް ކަންނޭންގެ  ހުންނަނީ. އެކަމަކު މި ނަކަތް އެބަ ބުނޭ ހަމަ މި ތަރި، ތަރިއާވެސް، މި ބުނީ ތަރިތަކުގެ އެތުރުން.  

ވާހަކައަކީ އެކި ނަކަތްތަކުގެ އެކި ގޮތަށް ތަރިތައް އެތުރިފަ ހުންނަ ހުރުން. މިސާލަކަށް އެކަތި ގަނޑެއްގޮތަށް. އެހެންމަ ކިހިނެއްތޯ، އޭގަ ވެދާނެތޯ މިސާލަކަށް ތަރިއެއްގެ ސަބަބުންނޭ މިސާލަކަށް މިވެނި ކަމެއް މިވަނީ. އެގޮތަށް އިޢުތިޤާދު ކުރުން ކަމުގަ ވެދާނެތޯ؟ 

އާދެ، މިހާރު އާއްމުގޮތެއްގައި ތަރިތަކުގެ ޒަރިއްޔާއަކުން ނޫން މި އިންނަނީ ނަކަތްތަކާއި މޫސުންތައް ހަދާފައެއް. އެހެންނަމަވެސް ތަރިތަކުގެ ބޭނުން މީހުން ވަރަށް ގިނަ ގޮތްގޮތަށް ކޮށްފަ އެބަހުރި. އެކަމަކު ޙަދީޘްގަ މި އިންނަނީ އައިސްފަ ތަރިތައް 3 މަޤްޞަދެއްގަ ނޫންގޮތަކަށް ބޭނުން ކޮށްފި ބަޔަކު މަގުފުރެދިއްޖެއެވެ. 3 މަޤަޞަދެއްގަ ނޫން ގޮތަކަށް. މިހާރު ތަރިތައް 3 މަޤްޞަދެއްގަ އަޅުގަނޑުމެންނަށް މި ބޭނުން ބެލެވޭނީ. 3 މަޤްޞަދެއްގަ ތަރިތައް ﷲ ލައްވާފައިވަނީ. ތަރިތަކަކީ އުޑުގެ ޒީނަތަކަށްޓަކާ ﷲ ތެރިތައް ލެއްވީ. އެންމެ ތިރީ އުޑު ޒީނަތްތެރި ކުރުމަށްޓަކާ. ދެވަނަ ކަމަކަށް ތަރިތައް ލައްވާފަ މިވަނީ ޝައިޠާނުން ރަޖަމު ކުރުމަށްޓަކާ. 3 ވަނައަށް ﷲ ލެއްވީ ދަތުރުކުރާ މީހުން އޭގެން މަގު ހޯދުމަށްޓަކާ. އެއީ ކުރީ ޒަމާނުގަ ތަރިއަށް ބަލައިގެން ދަތުރު ކޮށްއުޅުނީ. އެއްގަމު ދަތުރުތައްވެސް، ކަނޑު ދަތުރުތައްވެސް ތަރިއަށް ބަލައިގެން. މި 3 މަޤްޞަދު މީނީ ތަރިތަކުން އަޅުގަނޑުމެންނަށް ބެލެވޭ 3 މަޤްޞަދު. ދެން އެނޫން މަޤްޞަދެއް ތަރިތަކުން ޙާސިލް ކޮށްފިމީހާ މަގު ފުރެދިއްޖެއޭ. އެހެންވީމާ އެނޫން މަޤްޞަދެއް ދެން ތަރިއަކުން ޙާސިލެއް ނުކުރެވޭނެ.  

ދެން މިހާރު ޙަދީޘްއެއްގަ މި އޮންނަނީﷲ ގެ ނަބިއްޔާ ހުދައިބިއްޔާގަ، އެއީ އެއްކަލަ އެކަލޭގެފާނު ޢުމްރާއަކަށް ވަޑައިގެން ހުދައިބިއްޔާގަ މަޑުކުރައްވަން ޖެހިވަޑައިގަތީ. ޖެހިވަޑައިގެން އެރޭ ފަތިސްނަމާދު ކުރައްވައިގެން. އެރޭ ފަތިސްނަމާދުގެ ކުރިން ވާރެ ވެހުނީ. ދެން ފަތިސް ނަމާދުކޮށް އަވަދިވެ ވަޑައިގެން އެކަލޭގެފާނު އަޞްޙާބު ބޭކަލުންނާ ދިމާލަށް ކުރިމަތި ލައްވާ އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވަނީ ތިޔަބައިމީހުންނަށް އިނގޭހޭ ދެންމެ ﷲ ވަޙީ ކުރެއްވި އެއްޗެއް. އެހިނދު އަޞްޙާބު ބޭކަލުން ދެންނެވި --- " ﷲ އާ އެކަލާންގެ ރަސޫލާއޭ އެކަން ދެނެވޮޑިގަންނަވާނީ." ޙަދީޘްފުޅު ކުރައްވަނީ އެކަލާންގެ ވަޙީކުރެއްވިއޭ -- " ﷲ ދެންމެ ވަޙީ ކުރެއްވިއޭ ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން މިއަދު ހެދުންކޮށްފިއޭ ތަރިއަށް ކާފިރުވެ ތިމަން ﷲ އަށް އީމާންވީ ބަޔަކާއި ތަރިއަށް ޢީމާންވެ ތިމަން ﷲ އަށް ކާފިރުވި ބަޔަކާ."  

އެތާންގަ ޢީލްމުވެރިން ވިދާޅުވަނީ އެއީ ކުފުރުދޫނަކުފުރު އޭއެއީ، އަސްލު ކުފުރެއް ނޫނޭ އެއީ. އެއީ އެކަލޭގެފާނު އެއިން އެއްވެސް ބޭކަލަކަށް ޢީމާން ވާކަށް ނާންގަވާ އަލުން. އެހެންމަ ކުފުރުދޫނަކުފުރު އެއީ. އެހެންމަ އެ ތަރިއެއްގެ ސަބަބުން އެރޭ ވާރޭ ވެހުނުކަމަށް ބުނާ މީހުން ދަންނާށޭ، އެމީހުންނޭ އެއީ ތަރިއަށް ޢީމާންވެ ﷲ އަށް ކާފިރުވީ މީހުންނަކީ. އަދި މިރޭ ވާރެ ވެހުނީ ﷲ ގެ ރަޙްމަތާ ފަޟުލުވަންތަ ކަމުންނޭ ބުނި މީހުންނަކީ ތަރިއަށް ކާފިރުވީމީހުންނަކީ. އެތާންގަ ކުފުރު އެއީ ކުފުރުދޫނަކުފުރު އެއީ، އެއީ އަސްލު ކުފުރެއް ނޫން އެއި. އަސްލު ކުފުރެއް ނޫން އެއީކީ، އެހެންވީމާ އެ ތަރީގެ ސަބަބުން ވާރޭވެހުނުކަމަށް ބުނި މީހުން އެމީހުން އެ ކުރީ ކުށެއް. އެބުނީ ކުށްބަހެއް. އެއީ ﷲ ގެ ނިޢުމަތެއް، އެ ނިޢުމަތް ރައްދުކުރަންޖެހޭނީ ﷲ ގެ ރަޙްމަތަށް. ﷲ ގެ ނިޢުމަތްތައް ރައްދުކުރަން ޖެހޭނީ ﷲ ގެ ރަޙްމަތަށް. މަޚްލޫޤަކަށް ރައްދުކޮށްގެން ނުވާނެ. މިހާރު މަޚްލޫޤަކަށް ރައްދުކުރީމާ އެތަނުގަ އެއީ ކުށްބަހެއް އަސްލު ހަޤީގަތުގައި. އެކަމަކު އެއީ ކުފުރެއް ނޫން އަސްލުގަ، ކުފުރެއް ނޫން އެއީކީއެއް.  

މިވެނި ނަކަތެއްގެ ސަބަބުންބޭ އެ ވާރެވެހުނީ. މިސާލަކަށް މީހަކު މި ބުނީ އެގޮތަށް މިވެނި ނަކަތެއްގެ ސަބަބުންނޭ ވާރެވެހުނީ. އެއީ ކުށްބަހެއް އެއީ، ނަކަތެއްގެ ސަބަބަކުންނެއް ނޫން ވާރެވެހެނީކީ. ﷲ ގެ ރަޙްމަތާއި ފަޟުލުވަންތަކަމުން ވާރެވެހޭނީ، ﷲ އިރާދަކުރައްވައިފިއްޔާ ވާރެ ވެހޭނީވެސް. އެހެންމަ އެކަހަލަ ބަސްތަކަށް އަޅުގަނޑުމެން އަސްލު ވިސްނަންޖެހޭނެ. އެ ދެން ކުރީ ޒަމާނުގެ ބަސްތައް އެ ހުންނަނީ، އެ އަޤީދާއާ ކުޑަކޮށް ފުށުއަރާ ބަސްތައް އެ ހުންނަނީ. އެ ބަސްތަކުން އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނީ. އެ ކަންތައްތައް އަޅުގަނޑުމެން ﷲ އަށް ރައްދުކުރަންޖެހޭނީ. ﷲ ކުރައްވާ ކަންތައްތައް ކާއިނާތުގަ އެއީ ނަކަތެއް މޫސުމެއް އެ އެއްޗެހި އަމިއްލަ ޒާތުގަ ކުރާ ކަންތައްތަކެއް ނޫން އެއީކީ.

 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

މިއަދު އޮންލައިން