ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްގެ ފަހުން ބައްދަލުވުމުން ބައިވެރިޔާ އާއިމެދު ސުވާލުކުރަން ބިރުގަންނަންޖެހޭ ޙާލަތަށް ކަންކަން ހިނގައްޖެ! އަވަސް މަގަކުން ޙައްލު ހޯދަން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްގެ ފަހުން ބައްދަލުވުމުން ބައިވެރިޔާ އާއިމެދު ސުވާލުކުރަން ބިރުގަންނަންޖެހޭ ޙާލަތަށް ކަންކަން ހިނގައްޖެ! އަވަސް މަގަކުން ޙައްލު ހޯދަން އެބަޖެހޭ!

ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްގެ ފަހުން ބައްދަލުވުމުން ބައިވެރިޔާގެ ޙާލު ކިހިނެއްތޯ ސުވާލުކުރަން ބިރުގަންނަންޖެހޭ ޙާލަތަށް ކަންކަން ހިނގައްޖެއެވެ. އެސުވާލުކޮށްފިނަމަ ގިނަބައަކު މޫނު އަނބުރާލައެވެ. ނުވަތަ މޫނަށް ރޫތަކެއް އަރުވައެވެ. ކީއްވެގެންހެއްޔެވެ؟ ކައިވެނި ރޫޅިފައިވާތީއެވ 

މީސްތަކުންނޭވެ! ވަރިކުރަންޖެހިއްޖެނަމަ ވަރިނުކުރާކަށް ނުބުނަމެވެ. އަދި ވަރިވާންޖެހިއްޖެނަމަ ވަރިނުވާކަށްވެސް ނުބުނަމެވެ. ނަމަވެސް އިނދެވަރިކުރުމަކީ ކުޅޭކުޅިވަރަކަށް ހަދައިފިނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. 

ވަރިކުރުން މިހައި ގިނަވުމުން މިއެނގެނީ ކޮންކަމެއް ހެއްޔެވެ؟ (1) އެއްވެސް އުނިކަމެއް ހުރި މީހަކު ބަލައިގަންނަން ބޭނުންނުވުން (2) ލޯބިވާކަމަށް ހެދިގެން ދައްކާ ވާހަކަތަކުގައި އެއްވެސް ޙަޤީޤީ ބުރަދަނެއް ނެތްކަން. (3) ޚިޔާލުތަފާތުވާނަމަ އަނެކާއަށް އިޙްތިރާމްކުރަން ބޭނުން ނުވާކަން. (4) ކައިވެނިކުރަނީ ހަމައެކަނި އަމިއްލަ އުލައްޓަކާކަން (5) މައްސަލައެއް ޖެހިއްޖެނަމަ ޙައްލުކޮށް ދެމީހުންނަށް އުފާވެރިކަން ލިބޭނެ ގޮތަކަށް ކަންކަންކުރަން ބޭނުންނުވާކަން (6) އަނެކާއަށް ކިތަންމެ ބޮޑު ދެރައެއް ލިބުނަސް އެކަމާ ތިމާ ކަންބޮޑުނުވާކަން. ފަދަ އެތައް ކަމެއް ނޫން ހެއްޔެވެ؟

ނަމަވެސް ﷲ ތަޢާލާ އަހުރެމެން ދުނިޔޭގައި ލައްވަވާފައި މިވަނީ މިބަޔާންކުރި ފަދަ ގޮތްގޮތަށް ކަންކަން ކުރުމަކަށް ނޫނެވެ. އެކަކު އަނެކަކަށް އެހީތެރިވުމަށެވެ. ކައިވެނިކޮށްފިނަމަ ކައިވެނި ދަމަހައްޓަން މަސައްކަތްކުރުމަށެވެ. ރިވެތި އަޚްލާޤްގެ މަތީގައި ދިރިއުޅުމަށެވެ. އެކަކު އަނެކަކަށްވާ ވަޢުދުތަކަށް އިޙްތިރާމްކޮށް ފުއްދުމަށެވެ. 

މީސްތަކުންނޭވެ! ކައިވެންޏަކީ ކުޅޭކުޅިވަރަކަށް ނުހަދާށެވެ! އެއީ އެއަށްވުރެ މާމުހިންމު ކަމެކެވެ. ދިރިއުޅެމުން އަންނައިރު ކުރިމަތިވާ ކަންކަމާއި ގުޅިގެން އަނެކާއަށް ދޫދޭންޖެހޭ ޙާލަތުގައި އެކަންކުރާށެވެ! އެއިރުން ފަހުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން