ޒަވާޖީ ޙަޔާތުގައި މައްސަލަތައް ޖެހި ކައިވެނި ރޫޅެންޖެހުމާއި ލިބޭ ދަރިން ބަސްނޭހުމާއި ޝައިޠޯނާގެ މަގުން ދިއުން މިހާރު ވެފައިވަނީ ގިނަ ބެލެނިވެރިން އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލަ ކަމުގައެވެ.
އެހެން މިބުނަނީ މިހާރަކަށް އައިސް ކައިވެންޏަށްފަހު ދެން އުޅެންޖެހެނީ މައްސަލަތަކުގެ ތެރޭގައެވެ. މައްސަތައް ޖެހެނީ ދެމަފިރިންގެ ގުޅުން ހީނަރުވެގެންދާތީއެވެ. ދިރުވައި އާލާނުކުރެވޭތީއެވެ. އެކި ގޮތްގޮތުން އެކަމަށް ހުރަސްއެޅޭތީއެވެ.
ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން ގިނަވުމާއި ލިބޭ ދަރިން ބަސްނޭހުމުގެ ޝަކުވާތައް ދުވަހުން ދުވަހަށް އަންންނީ އިތުރުވަމުންނެވެ. މި ދެކަންތަކުގައިވެސް ފުރަތަމަ ގޯސް ހެދިފައި އޮންނަނީ ދެމަފިރިންނަށެވެ. ޖިމާޢުވުމުގެ ކުރިން ކިޔަން ޙަދީޘްފުޅުން އެނގެން އޮތް މިދުޢާ ނުކިޔާތީއެވެ. ދެމަފިރިން އެއްދާންކުރަނީ ރަސޫލް (ﷺ) ގެ ޙަދީޘްފުޅުން އެނގެން އެނެގެން އޮތް އެންމެ މުހިންމު ކަންތައް ނުކޮށް ކަމަށްވާތީއެވެ. އެއީ ޖިމާޢުވުމުގެކުރިން ދެމަފިރިންވެސް މި ދުޢާކުރުމެވެ.
بِسْمِ اللَّهِ اللَّهمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا
މާނައީ:
ﷲ ގެ ނަންފުޅުން ފަށައިގަންނަމެވެ. އަޅަމެން ޝައިޠޯނާގެ ކިބައިން ދުރުކުރައްވައިފާނދޭވެ! އަދި އަޅަމެންނަށް ދެއްވާ ރިޒްޤެއް ކަމުގައިވާ ދަރިފުޅުގެ ކިބައިންވެސް ޝައިޠޯނާ ދުރުކުރައްވައިފާނދޭވެ!
ޝައިޠޯނާގެ ނުބައިކަމުން ދެމަފިރިންވެސް އަދި ދެއްވަވާ ދަރިންވެސް ސަލާމަތްކޮށްދެއްވެވުން މި ދުޢާކުރުމަކީ މިހާރަކަށް އައިސް ގިނަ ބައަކު މުޅިން ހަނދާން ނައްތާލާފައިވާ ކަމެކެވެ. ވީމާ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެ ގުޅުން ބަދަހިވުމަށްވެސް އަދި ދެއްވަވާ ދަރިން ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށް ދެއްވެވުން އެދި ވެސް މިދުޢާކުރަން ފަރުވާތެރިވާށެވެ!
ހިތާމައާއިއެކު ބުނަން ޖެހެނީ މިހާރަކަށް އައިސް ދެމަފިރިން އެއްދާންކުރަން ފަށަން ދުޢާކުރުމުގެ ބަދަލުގައި އެކަން ގިނައިން ފެށިފައ އޮންނަނީ ﷲ ނަހީކުރެއްވެވި ކޮންމެވެސް ކަމެއް ކުރުމުންނެވެ. ލޮލުން ފާފަތަކެއް ކުރަމުންނެވެ. ވީމާ ޝައިޠޯނށާއަށް ބާރުގަދަވެގަންނަ ްން ފުރުޞަތުިލިބިގެންދަނީއެވެ. އަވަހަށް ތައުބާވެ ޢަމަލުތައް އިޞްލާޙްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން