ނަމާދުގައި ޝައްކުވީ، ދެން ޔަޤީންވީ ވަރަށް ރަކުޢަތް ކޮށްފަ ކުށުސަޖިދަ ނުކޮށް ސަލާމް ދެވުނީއެވެ. ދެން އެއަށް ފަހުވެސް ސަޖިދަކުރަން ހަނދާނެއް ނެތް. މިސްކިތުން ނިކުތް ފަހުން ހަނދާންވީ. މިފަދަ ހާލަތްތަކުގައި ލަސްވުމުން ޢަމަލު ކުރަންޖެހޭ ގޮތަކީ ކޮބައިތޯ؟
މިސްކިތަށް ވަދެލާފަ އަލުން ކުށުސަޖިދަ ކޮށްލާނީ. އެއަކު މައްސަލައެއް ނެތް. އޭނަ މިސްކިތުން ނިކުތް ފަހުން އޭނާއާށް ކުށުސަޖިދަ ނުކޮށް ހުރިކަން ހަނދާން ވެއްޖެއްޔާ ހަމަ މިސްކިތަށް ވަދެލާފަ އޭނާ ކުށު ސަޖިދަ ކޮށްލީމަ ހަމަ މައްސަލައެއް ނެތް، އެ ނިމުނީ އެހިސާބުން.
ދެން މިސާލަކަށް ވަރަށް ފަހުން އޭނާއަށް ހަނދާންވީ، ވަރަށް ފަހުން، ގޮސް ގެއަށް ގޮސް ކައިބޮއި ހަދާ، ގޭ މީހުންނާ މުޢާމަލާތްތައް ކޮށް ކަންތައްތައް ކުރި ފަހުން ހަނދާން ވެއްޖެއްޔާ ދެން އަޅައެއް ލާނެކަމެއް ނެތް. އެހިސާބުން އޭނާއާށް ފުދޭނެ. އޭނާގެ ނަމާދަކަށް އެއްވެސް މައްސަލައެއް ނެތް. ހަނދާން ނެތިގެން ނަމާދުގަ ކުށް ކުރެވުނީ އަދި ޝައްކުވީތިތާގަ، އެއީ މައްސަލައެއް ނޫން.
އަދި ނަމާދުގަ ކުށެއް ކުރެވުނަސް ކުށުސަޖިދަ އެހާބޮޑަށް ލަސްވެއްޖެއްޔާ އެ ދެން ކުށުސަޖިދަ ފަހުން ކުރާނެކަމެއް ނެތް. ނަމާދު ޞައްޚައޭ، ނަމާދުގަ އޭނަ ގަސްތަކު ނޫން ކުށްކުރީއެއް. އެ ނާމަދުގަ އޭނާ ކުރީ ހަނދާން ނެތިގެން. އެހެންމަ އެކަމުގެ ކައްފާރާއަށްޓަކައި އިންނަ އެއްޗެއް މީ ކުށުސަޖިދަ. އެ ކުށުސަޖިދަ ކުރަންވެސް އޭނަ ހަނދާން ނެތުނީމަ، ހަނދާން ނެތުން އެއީ އުޒުރެއް ޝަރީއަތުގަ. އެހެންވީމަ އެ ނަމާދު ޞައްޚަވާނެ.
- ޝައިޚް މުޙައްމަދު އިބްރާހީމް