ކައްވަޅުގަ މަލާއިކަތުން ކުރައްވަވާ ސުވާލުތަކަށް ޖަވާބުދީ ނިމުމުން މަލާއިކަތުން އެނބުރި ވަޑައިގަތުމުން ހަމަޖެހިލާފަ ދުނިޔޭގަކުރިފަދައިން ނަމާދުކުރަން ބޭނުންވާނެ ބައަކު ތިބޭނެ!: ޝައިޚް ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކައްވަޅުގަ މަލާއިކަތުން ކުރައްވަވާ ސުވާލުތަކަށް ޖަވާބުދީ ނިމުމުން މަލާއިކަތުން އެނބުރި ވަޑައިގަތުމުން ހަމަޖެހިލާފަ ދުނިޔޭގަކުރިފަދައިން ނަމާދުކުރަން ބޭނުންވާނެ ބައަކު ތިބޭނެ!: ޝައިޚް ހޮބްލޮސް

"މީސްތަކުންނޭވެ! ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ފަރުޟް ނަމާދުތަކަށް ރައްކައުތެރިވެ ސުންނަތް ނަމާދުތައް ކުރުން ގިނަކޮށް ﷲ ތަޢާލާގެ މަގުގައި ދުނިޔޭގައި އުޅުނު މީހުން މަރުވެ ވަޅުލެވުމުން މަލާއިކަތުން ކުރައްވަވާ ސުވާލުތަކަށް ޖަވާބުދީ ނިމުމުން މަލާއިކަތުން އެނބުރި ވަޑައިގަތުމުން އޭނާގެ މޫނުން ވެލިތައް ފޮޅައިލާނެއެވެ. އަދި ދުނިޔޭގައި ނަމާދުކޮށް އުޅުނު ފަދައިން ނަމާދުކުރަން ބޭނުންވާނެއެވެ."

- ޝައިޚް މުޙައްމަދު ހޮބްލޮސް  

މިފަދަ މަތިވެރި ދަރަޖައެއް ދެއްވަވާނެ އަޅަކަށްވުމަށް އެދޭނަމަ ފަރުޟް ނަމާދުތަކަސް ރައްކައުތެރިވުމާއެކު ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަލަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ.  

ދުނިޔޭގައި އުޅޭއިރު އަބަދުހެން އޮންނާނީ ކޮންމެވެސް މަސައްކަތެއް ކުރަންޖެހިފައެވެ. ގަދަވެ ހެޔޮ ޙާލުގައި ހުރިނަމަ މަސައްކަތެއް ކުރަންނުޖެހޭނެ ދުވަހެއް އައުމަކީ ވަރަށް ދުރުގައި އޮތް ކަމެކެވެ. ވީމާ ނަމާދުކުރުމާއި އެހެނިހެން އަޅުކަންކުރުމަކީ ކުރާނެ މަސައްކަތެއް ނެތި ހުންނަން ލިބޭ ދުވަހު ކުރާ ކަމަކަށް ހަދަން ވިސްނާ މީހަކަށް އޮންނާނީ މަރުވާއިރުވެސް ޝައިޚް އެބަޔާންކުރެއްވެވި ފަދަ މީހަކަށް ނުވެވިފައެވެ.

މިއަދު އޮންލައިން