ޙާލުބަލަންޖެހޭ މީހުންގެ ޙާލުވެސް ނުބަލައި އުޅެން ބިރެއް ނުގަނޭތަ؟ ބަލިމީހުންނަށް ޒިޔާރަތް ނުކުރުމަކީ ޤިޔާމަތްދުވަހު ސުވާލުކުރައްވަވާނެ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޙާލުބަލަންޖެހޭ މީހުންގެ ޙާލުވެސް ނުބަލައި އުޅެން ބިރެއް ނުގަނޭތަ؟ ބަލިމީހުންނަށް ޒިޔާރަތް ނުކުރުމަކީ ޤިޔާމަތްދުވަހު ސުވާލުކުރައްވަވާނެ ކަމެއް!: މުފްތީ މެންކް

އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މިއަދު މިއުޅެވެނީ އެބައެއްގެ ޙާލު ބަލަން ތިމާއަށް މަޖުބޫރުވާ މީހުންގެ ޙާލުވެސް ނުބެލިގެންނެވެ. މައިންބަފައިންނާއި ޢާއިލާގެ މީހުންގެ ޙާލުވެސް ނުބެލިގެންނެވެ. އެތައް ދުވަހެއްވަންދެން ބަލިވެ އެނދުގައި އޮންނައިރު ޒިޔާރަތްކޮށްނުލެވިގެންނެވެ. 

ޤިޔާމަތް ދުވަހު ﷲ ތައާލާ ސުވާލު ކުރައްވަވާނެ ކަންކަމުގެ ތެރޭގައި ބަލިމީހުންނަށް ޒިޔާރަތްނުކުރުން ހިމެނެއެވެ. ސުވާލު ކުރައްވަވާނެތެވެ. 

"ތިމަން ﷲ ބަލިވެއުޅުއްވެވިއިރު ކަލޭ ޒިޔާރަތް ނުކުރީ ކީއްވެގެން ހެއްޔެވެ؟"  

ޖަވާބުގައި އިންސާނާ ދަންނަވާނެތެވެ. "ޔާﷲ! އިނބަ ﷲ އީ އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އިނބަ ﷲ ބަލިވެއުޅުއްވަވާނީ ކިހިނަކުންތޯއެވެ؟"  

ޖަވާބުގައި ވަޙީކުރައްވަވާނެތެވެ. "މިވެނި އެވެނި މީހުން ބަލިވެ އުޅުނުކަން ތިބާއަށް އެނގުނު ނޫންހެއްޔެވެ؟ އެމީހުންނަށް ޒިޔާރަތްކުރިނަމަ އެތަނުގައި ތިމަންﷲ ވޮޑިގެންވާކަން ތިބާއަށް އެނގުނީހެވެ." 

މީސްތަކުންނޭވެ! ލިބޭ ހުސްވަޤުތަކީ ވަރަށް ބޮޑު ނިޢްމަތެކެވެ. އެވަޤުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން މަސައްކަތްކުރާށެވެ. ވަޤުތު ހޯދައިގެންވެސް ބަލިމީހުންނަށް ޒިޔާރަތްކުރުން ފަދަ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ. އެއިރުން ތިބާގެ ދަރަޖަ މަތިވެރިކުރައްވަވާނެ ވަރު ހިތަށްވެސް ނުގެނެވޭނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން