ތަނަވަސްކަން ލިބިގެންވާ މީހެއްގެ ގާތަށް އެހީއަކަށް އެދިގެން ދިއުމުން އޭނާގެ ބޭނުން ފުއްދައި ނުދިނުމުގެ ހުރި ނުބައިކަން ހާދަބޮޑެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތަނަވަސްކަން ލިބިގެންވާ މީހެއްގެ ގާތަށް އެހީއަކަށް އެދިގެން ދިއުމުން އޭނާގެ ބޭނުން ފުއްދައި ނުދިނުމުގެ ހުރި ނުބައިކަން ހާދަބޮޑެވެ!

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ގިނަބައަކު އެތިބެނީ ގެއަށްވަންނަން ހުންނަ ދޮރާށިވެސް ތަޅުލައިގެންނެވެ. ވައގުން ވައްކަންކޮށްފާނެ ކަމުގެ ބިރަކަށް ނޫނެވެ. އެހީއަކަށް އެދިގެން ސަލާންޖަހަން މީހަކު އަތުވެދާނެތީއެވެ.  

މީހަކު ބުންޏެވެ. އަހުރެން سفيان بن عيينة އާ އެކު ހިނގާފައިދަނިކޮށް އޭނާއަށް މީހަކު އައިސް ސަލާންޖެހިއެވެ. އަދި އޭނާއަށް ދެއްވާނެ އެއްޗެއް އަތްޕުޅުގައި ނެތުމުން ކީރިތިކުރެއްވިއެވެ. އެހިނދު އަހުރެން ދެންނެވީމެވެ. ކީރިތިތިކުރައްވަނީ ކޮންކަމަކާހުރެތޯއެވެ! ވިދާޅުވިއެވެ. ތިބާގެ ކިބައިން ހެވަކަށް އެދިގެން އަންނަމީހާއަށް އެކަމެއް ކޮށްނުދެވުމަށްވުރެ ހިތްދަތިކަން ބޮޑުކަމެއްވޭހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީހަކު ބޭނުމެއް ޖެހިގެން އަތުވެއްޖެ ނަމަ ކިރިޔާވެސް އެކަން ކޮށްދެވެން އޮތްނަމަ އެކަމެއް ކޮށްދޭށެވެ! ޢައިޝަތުގެފާނު ވަނީ ސަލާންޖެއްސެވި ބޭކަނބަލަކަށް އެއިރު ގަނޑުވަރުގައި އޮތް ހަމައެކަނި އެންމެ ކަދުރުއޮށް ވެސް ދެއްވަވައިފައެވެ.  

ރަސޫލް () ޙަދީޘްފުޅުކުރައްވަވާފައިވަނީ ކަދުރުއޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވުމަށެވެ. ވީމާ އެނގިގެން މިދަނީ ޞަދަޤާތްކުރުމަކީ ނަރަކައިން ސަލާމަތްވެވުމަށް އޮތް މަގެއް ކަމެވެ. އަތުގައި އޮތް ވަކި ފައިސާފޮތިން ނަމަވެސް ޞަދަޤާތްކުރާށެވެ!  

ގޭގައި އޮތްނަމަ އެންމެ ގޮދަންކުރާ ވެސް ޞދަޤާތްކުރާށެވެ! ކައްކާފައި ހުރި ތަނުގައި އެންމެ ސުވަލެއް ހުރިނަމަވެސް ޞަދަޤާތްކުރާށެވެ! ތިބާގެ ރިޒްޤް ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން