ތިމާގެ ދިރިއުޅުން ކާމިޔާބުކުރަން އެދޭމީހާ އެންމެ ބޮޑަށް ސަމާލުކަން ދިނުން މުހިންމު 2 ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ތިމާގެ ދިރިއުޅުން ކާމިޔާބުކުރަން އެދޭމީހާ އެންމެ ބޮޑަށް ސަމާލުކަން ދިނުން މުހިންމު 2 ކަމެއް!: މުފްތީ މެންކް

ވަރަށް ގިނަ ބައަކު އެމީހުން ކުރިއަރަން ކުރާ މަސައްކަތުގައި ކާމިޔާބު ނުލިބޭތީ ކަންބޮޑުވެ ޝަކުވާ ކުރެއެވެ. އެފަދަ މީހުން ފުރަތަމަވެސް ކުރަން އޮތް އެއް ކަމަކީ މުސްލިމް އަޚުންނަށް ހިތްހެޔޮކުރުމެވެ. މުސްލިމް އަޚުން ދެކެ ލޯބިވުން އިތުރުކުރުމެވެ!

ކިތަންމެ ފަޤީރު ނަމަވެސް ނިކަމެތި ނަމަވެސް އެއްވެސް މީހަކީ ތިމާއަށްވުރެ ދެރަ ނުވަތަ ނިކަމެތި މީހެއް ކަމަށް ބަލައި ނަފްރަތު ނުކުރާށެވެ!

ދެވަނަ ކަމެއްގެ ގޮތުން އަނެކާއަކީ ތިމާއަށްވުރެ ކުރިއަރާފައިވާ މީހެއް ކަމަށް ބަލައި ހަސަދަ ނުލާށެވެ! މިދެކަންތަކަކީ ވެސް މީހާ ކުރިއަރަން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަންކަމެވެ. ކުރާ މަސައްކަތުން ކުރިއެރުން ލިބުމަށް ހުރަސްއަޅާ ދެ ކަންތަކެވެ.

އޭނާއަކީ ތިމާގެ އަޚެއްކަން އެމިހާގެ ނަމުންވެސް އެނގޭނެއެވެ. އެހިސާބުން އެމީހަކު ދެކެ ލޯބިވާށެވެ! އަޅައިލާށެވެ! އެހީތެރިވާށެވެ! އެކަމުގެ ސަބަބުން ތިބާއަށް ކުރިއެރުމާއި ކާމިޔާބު ދެއްވަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން