ހެޔޮވިސްނުން ލިބުމުގެ ކުރިން ތިމާއަށް ކުރެވިފައިވާ ފާތަކުގެ ޢަދަދު ގުނުމާ ކުޑަބޮޑުމިން ބެލުމެއް ނެތް! ތައުބާވުމުން އެއޮތީ ނިމިފަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހެޔޮވިސްނުން ލިބުމުގެ ކުރިން ތިމާއަށް ކުރެވިފައިވާ ފާތަކުގެ ޢަދަދު ގުނުމާ ކުޑަބޮޑުމިން ބެލުމެއް ނެތް! ތައުބާވުމުން އެއޮތީ ނިމިފަ!: މުފްތީ މެންކް

ތިމާއަށް މާޒީގައި ކުރެވިފައިވަނީ ކިތައްފާފަތޯ ބަލައި އެ ފާފަތައް ގުނަން ވަގުތު ހޭދަކުރުމެއް ނެތެވެ! އަދި އެފާފަތަކުގެ މިންއަޅައި ކުޑަ، ބޮޑު ބެލުމެއްވެސް ނެތެވެ! އެކަންކަމަށް ވިސްނަން ވަގުތު ހޭދަކުރުމަކީ ހަމަ މުޅިން ބޭކާރު ކަމެކެވެ!

ހަމައެކަނި ބަލަންޖެހޭނީ ތިމާއަށް އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވޭތޯއެވެ. އެފަދަ ކަމެއް ކުރެވިފައިވާނަމަ އެމީހަކަށް ބަދަލުދީ ޙައްޤު އަދާކުރަންވާނެއެވެ. މާފަށް އެދެންވެސް ޖެހޭނެއެވެ.

ކޮންމެ މީހަކީވެސް ފާފަކުރެވިފައިވާނެ މީހެކެވެ. އެކަމުން ހަމައެކަކު ވެސް އިސްތިސްނާއެއް ނުވާނެއެވެ. ވީމާ ކުރަން އޮތް ކަމަކީ ފާފަކުރުން ހުއްޓާލުމެވެ. ތައުބާވުމެވެ. ފާފަނުކުރަން ޢަޒުމް ކަނޑައަޅައި އެގޮތުގައި ހުންނަން މަސައްކަތްކުރުމެވެ.

ވިސްނާށެވެ! މީހަކު ތައުބާވެ ތިމާ ދެން އިތުރަށް ފާފަ ނުކުރާނެ ކަމަށް ދަންނަވާއަޑު ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ. އޭނާއަލުން ފާފަކުރާނެކަން ދެނެވޮޑިގެންވާއިރުވެސްމެއެވެ. އޭނާއަށް ފަހުން ފާފަ ކުރެވުމުން ތައުބާވެ ހަމަ އެމޭރުމުން ދަންނަވާ އަޑު އެއްސެވުމަށްވެސް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އަދި އޭނާގެ ތައުބާ ދެވަނަ ފަހަރަށްވެސް ޤަބޫލުފުޅު ކުރައްވަވަތެވެ.

މކަމުން އެނގެނީ ކުރެވިފަވަނީ ކިތަށް ފާފަތޯ ގުނައި، އެފާތަކުގެ ސައިޒު ބަލަން ވަގުތު ހޭދަކުރަން ﷲ ތަޢާލާ ލޯބފުޅުވެވޮޑިގެން ނުވާކަމެވެ! ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވަނީ އަވަސް އަވަހަށް ތައުބާވެ ފާފަ ނުކުރަން މަސައްކަތްކުރަން ކަމެވެ.

ވީމާ މަސައްކަތްކުރަންވީ ކުރެވިފައިވާ ފާފަތައް ގުނައި ސައިޒު ބެލުމަކަށް ނޫނެވެ. ވީހައި ގިނައިން ތައުބާވުމަށެވެ! ފާފަ ނުކުރަން ޢަޒުމް ކަނޑައަޅައިގެން އެކަމަށް މަސައްކަތްކުރުމަށެވެ.

ކުރެވިފައިވާ ފާފަތަކަށް ވިސްނައި ތިމާގެ ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް ޤަބޫލުކުރުމުން އެވެވެނީ އެފާފަތަކުގެ އަޅަކަށެވެ. ﷲ ތަޢާލާގެ އަޅުންނަށް އޮތީ ފާފަ ފުއްސަވައިދެއްވަވާނެކަން ޔަޤީންކޮށް އަވަހަށް ތައުބާވުމެވެ. އެހެނީ ﷲ ތަޢާލާ އެކަލާނގެއަޅުތަކުންނަށް އަންގަވާފައިވަނީ ފާފަ ކުރެވުމުން އަވަހަށް ތައުބާވުމަށެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ފުއްސަވައި ދެއްވަވާނެ ކަމަށެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން