މިބުނެދެނީ ދުނިޔޭގެ އެންމެންނަކީ ތިބާގެ "ފްރެންޑުން" ނަށް ވުމަށްވުރެ މާބޮޑަށް ފައިދާކުރާނެ ގޮތް! ދުނިޔޭގަވެސް އާޚިރަތުގަވެސް އުފާވެރިކަން ލިބޭނެ ގޮތް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
މިބުނެދެނީ ދުނިޔޭގެ އެންމެންނަކީ ތިބާގެ "ފްރެންޑުން" ނަށް ވުމަށްވުރެ މާބޮޑަށް ފައިދާކުރާނެ ގޮތް! ދުނިޔޭގަވެސް އާޚިރަތުގަވެސް އުފާވެރިކަން ލިބޭނެ ގޮތް! އިން ޝާ ﷲ

މިއަދުގެ ޢާންމު ޙާލަތަށް ބަލާށެވެ! ޢާއިލާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނެ ވަޤުތު އޮންނަ ކަމަކަށް ނުވެއެވެ. ފަރުޟް 5 ނަމާދުކޮށްލާނެ ވަޤުތު އޮންނަ ކަމަކަށް ނުވެއެވެ. އެކަމަކު ސޯޝަލް މީޑިއާގައި ގެންގުޅޭ އެކައުންޓްތަކަށް ވީހާގިނަ "ފްރެންޑުން" ހޯދަން ކަންކަން ކުރާނެ ވަޤުތު އޮވެއެވެ. 

މަސައްކަތުގައި ހުންނައިރުވެސް ފޯނަށް މެސެޖެއް އަތުވެއްޖެކަން އެނގޭއިރަށް މަސައްކަތްހުއްތާލާފައިވެސް މެސެޖަށް ޖަވާބުދެއެވެ. ތިމާ އިތުރަށް މަޝްހޫރުވާނެކަމަށް ހީވާ ޕޯސްޓެއް މީހަކު ޝެއާކުރާއިރަށް އެޕޯސްޓް ޝެއާކުރަން އަވަސްވެގަނެއެވެ. އެކަމަކު ބަންގީގެ އަޑު އިވުމުން އަޑެއް އިވުނު ކަމަކަށްވެސް ނުވެއެވެ. 

މިހިރަ ކަންކަމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަންކަމެވެ. ދުނިޔޭގަ އުޅެން މިލިބެނީ ވަރަށް މަދު ވަޤުތުކޮޅެކެވެ. އެވަޤުތުކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފާ މީހަކަށްވެވިއްޖެނަމަ އެމީހެއްގެ އާޚިރަތް ކާމިޔާބުކުރެވޭނެ ގޮތެއް ފެންނާކަށް ނެތެވެ. 

ބުނަންހެއްޔެވެ؟ ދުނިޔޭގެ އެންމެ މުސްނދި މީހުންނަށްވެސް، އެންމެ މަޝްހޫރު މީހުންނަށްވެސް ސޯޝަލް މީޑިއާގައި ފޮލޯވަރސް ލިބެނީ ދުނިޔޭގެ އާބާދީގެ ނިޞްބަތުން ބަލައިފިނަމަ މަދު އަދަދަކަށެވެ. އެންމެ ބިލިއަނެއްވެސް ނުލިބެއެވެ. އަދި ކިތަންމެ ގިނަ ޢަދަދަކަށް ފޮލޯވަރސް ލިބުނަސް އެކަމުން އެމީހެއްގެ ޢާޚިރަތަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

އެކަމަކު އެއްވެސް މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ އުޑުތަކުގައިވާ ހުރިހާ މަލާއިކަތުންގެ ލޯބިވެވަޑައިގަތުން ލިބެއެވެ. އެއީ ކިތައް ޓްރިލިއަންކަންވެސް އެނގެނީއެއް ނޫނެވެ. ހިސާބު ޢަދަދުތައް ހުސްވިޔަސް ޢދަދުކުރެވޭނެކަންވެސް އެނގެނީއެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެމީހަކަށް ދުނިޔޭގެ އުފާތަކުގެ އިތުރުން ސުވަރުގެވެސް ދެއްވަވާނެތެވެ.

އެހެންކަމަށްވާއިރު ފައިދާ ބޮޑުމިވަނީ ކޮންކަމަކުން ހެއްޔެވެ؟ ދެންވެސް އަވަހަށް ހޭލުންތެރިވާށެވެ! ހެޔޮލަފާ ނިމުމެއް ހޯދަން އަވަހަށް މަސައްކަތް ފަށާށެވެ! މަރުވުމުން ދެންފެށޭ ޙަޔާތަކީ އުފާވެރި ޙަޔާތަކަށް ހަދަން މަސައްކަތްފަށާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! ވަރަށް ގިނަ މަޢުލުމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

އެންމެ ބުއްދިވެރި ގޮތަކީ މަރާ ކުރިމަތިލާން ޖެހުމުގެ ކުރިން ދުނިޔޭގެ މި ޙަޤީޤަތާމެދު އެންމެ ފަހަރަކު ނަމަވެސް ވިސްނައިލުމެވެ! 

ތިރީގައި މިވަނީ ހަމަ ކޮންމެ މީހަކަށްވެސް ޢިބްރަތުން ފުރިގެންވާ މެސެޖުތަކެކެވެ. މިލިޔުމަކީ މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރެއްވި، ޖަޢުފަރު ހާދީ ތަރުޖަމާކުރައްވާފައިވާ عبد الرحمن سليمان سرور السوري ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. 

ލިޔުން: 

ފުޓްބޯޅަ މުބާރާތެއްގެ ވަގުތަކީ 90 މިނިޓެވެ

ޑުރާމާއެއްގެ ދިގުމިނަކީ 60 މިނިޓެވެ

ފިލްމެއްގެ ދިގުމިނަކީ 120 މިނިޓެވެ

ނަމާދެއްގެ ދިގުމިނަކީ 5 މިނިޓެވެ 

 

ޖަހައްނަމައިގައި ކާފިރުން ތިބެންޖެހޭނީ އަބަދަށެވެ

ސުވަރުގޭގައި މުއުމިނުން ތިބޭނީ ދާއިމަށެވެ

ވިސްނައި ފިކުރުކުރާ ބައަކަށް ޢިބްރަތެކެވެ 

 

ތިބާގެ ވަޓްސްއަޕް ކޮންޓެންޓް ލިސްޓުޖައި 300 ރަޙްމަތްތެރިންނެވެ

ތިބާގެ ފޭސްބުކް ގައި 2000 ރަޙްމަތްތެރިންނެވެ

ތިބާގެ ވައިބަރ ގުރޫޕުގައި 1500 ރަޙްމަތްތެރިންނެވެ

 

ތިބާގެ ތަނަވަސްކަމުގެ ވަގުތުގައި ތިބާގެ ގާތުގައި ގިނަ ރަޙްމަތްތެރިން ތިބެއެވެ.

ފަޤީރުވެ ނިކަމެތިވުމުން ރަޙްމަތްތެރިއަކު ނުހުންނާނެއެވެ

 

ތިބާ ގެ ޖަނާޒާގައި ގިނަފަހަރު ބައިވެރިވާނީ ތިބާގެ ގާތްތިމާގެ އައުލާދުންނެވެ

ކަށްވަޅުގައި އޮންނަންޖެހޭނީ އެކަނިކަން ދަންނާށެވެ 

މިއީ ދުނިޔޭގެ ޙަޤީޤަތެވެ 

ތިބާގެ ނަމާދު ނޫން އެހެން ކަމަކުން ތިބާއަކަށް މަންފާއެއް ނުކުރާނެއެވެ 

ތިބާގެ ޚަތިމުގެ މަތިން ހިރަފުސް އަރާފައިވަނިކޮށް ފެނިއްޖެނަމަ ހިތާމަކޮށް ކަރުނައަޅައި ރޯށެވެ.

3ދުވަހަށްވުރެ ގިނަ ދުވަހު ޤުރްއާނުން މިންވަރެއް ނުކިޔަވައި ދޫކޮށްލެވިއްޖެނަމަ ތިބާ ޤުރްއާން ދޫކޮށްލީކަމުގައި ބެލެވޭނެއެވެ 

މި މެސެޖް އެހެންމީހަކާ ހިއްސާކުރުން ލާޒިމެއްނޫނެވެ. އެހެނެއްކަމަކު ހަދާންކޮށްދިނުމަކީ މުއުމިނުންނަށް މަންފާކުރާނެކަމެއްކަން ހަނދާންކޮށްދެމެވެ. 

މިލިޔުން ސޯޝަލް މީޑިއާގައި ދައުރުކުރި ލިޔުމެކެވެ. މިލިޔުމަކީ ވަރަށް ޢިބްރަތްތެރި ލިޔުންކޮޅަކަށްވާތީ ލިޔުން ކުރިން ފެނިފައިނުވާ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުގައި ހަނދާން އައުކޮށްލީއެވެ.

 

 

 

މިއަދު އޮންލައިން