އެއީ އެކުވެރިންތަކަކާއިއެކު ގެއެއްގައި ހުރެވުނު ދުވަހެކެވެ. ހުކުރު ދުވަހެކެވެ. ހުކުރު ވަޤުތު ގާތްވެފައިވަނިކޮށް އެކަކު ބޭރަށްދާން އުޅުމުން ނުދިއުމަށާއި ހުކުރުގެ ފަހުން ދިއުމަށް ނަޞޭޙަތް ދިނީމެވެ. ބުނީމެވެ. "ފަރުވާތެރިވާށެވެ! މަރުވާނީ ކޮން ދުވަހަކު ކޮން ވަޤުތަކުކަމެއް ނުއެނގޭނެއެވެ!"
އޭނާގެ ޖަވާބަކަށްވީ "މަރުވާން އޮތް ވަޤުތުޖެހުމުން މަރުވާނެއެވެ. ނަރަކައަށްދާން އޮތް މީހަކު ނަރަކަށްދާނެއެވެ!" އެެހން ބުނެފައި ނުކުމެ ކާރަށް އަރައިގެން ދިއައީއެވެ. އިރުކޮޅެއް ފަހުން ލިބުނީ ހައިވޭގައި ކާރު އެކްސިޑެންޓްވެ މަރުވި ވާހަކައެވެ.
ސީނަސް ދިއަ ފުލުހުން ބުނީ އެމީހުންނަށް ދެވުނުއިރު އޭނާ މަރުނުވާކަމަށާއި ނަމަވެސް ކާރުގެ ދޮރުފަތް އެމީހުންނަށް ނުހުޅުވުނު ކަމަށެވެ. މަސައްކަތްކުރަމުން ދަނިކޮށް ހުޅުވުނު ވަޤުތަކީ އެންމެ ފަހުނޭވާލެވުނު ވަޤުތު ކަމަށެވެ. އެއިރުވެސް ކާރުގައި ޖަހާފައި ހުރީ "ހައިވޭ ޓު ހެލް" ލަވަކަމަށެވެ.
އޭނާގެ ފުރާނައަށް ލެއްވެވި ރަހްމަތެއް އަހުރެންނަކަށް ނުއެނގެއެވެ. އެނގޭ ކަމަކީ ބުނެގެން ނުވާނެ ނުބައި ބަސްތަކެއް ބުނެފައި ގެއިން ނުކުތް ކަމެވެ. ޖަހާފައި އެހުރި ލަވައަކީވެސް މުސްލިމުން ޖަހައިގެންވާނެ ލަވައެއް ނޫންކަމެވެ. އަދި ކަންކަން އެދިމާވީވެސް ވަރަށް ދެރަ ގޮތަކަށް ކަމެވެ.
އަހުރެން ނަޞޭޙަތްތެރިވާން ބޭނުމީ އެއްވެސް މުސްލިމަކު އެފަދަ ބަސްތައް ނުބުނުމަށެވެ. އެކަން އެމީހަކާއި ކުރިމަތިވާނީ ކޮން ވަޤުތަކު ކޮން ގޮތަކަށްކަން އެކަކަށްވެސް ނުއެނގޭނެތީއެވެ.
--މަޢުލުމާތު: ޝައިޚް ސުލައިމާން