މުސްލިމް ނޫން ޤައުމެއްގައި ދިރިއުޅޭއިރު އެމީހުން (ކާފިރުން) ފާހަގަކުރާ ދީނީ ދުވަސްތަކުގައި (އެފަދަ ޙަރަކާތްތަކުގަ) ބައިވެރިވުމާއިބެހޭ ގޮތުން ކިޔުންތެރިން ސުވާލުކުރައްވައެވެ.
ތިރީގައިވާ ސުވާލާއި ޖަވާބުގައި ވަނީ ޔޯގާގެ ވާހަކަނަމަވެސް އެފަދަ ހުރިހާ ކަންކަމުގައިވެސް އޮތީ ހަމަ އެޙުކުމެވެ.
މިހާރަކަށް އައިސް ކަސްރަތުގެ ނަމުގައި ހިންދޫއިން ވަކި ދުވަހެއްގެ ގޮތުގަ ފާހަގަކުރާ ޔޯގާދުވަހުގަ މުސްލިމުން އެއްވެސް ގޮތަކަށް ބައިވެރިވުމަކީ ކޮންކަހަލަ ކަމެއްތޯ؟
އެ ހުއްދައެއް ނުވާނެ. މިހާރު ކާފިރުންގެ އެއްވެސް ޝިޢާރެއްގަ މުސްލިމުން ބައިވެރިވެގެން ނުވާނެ. ހިންދޫން އެއީ ކްރިސްޓިއަނުންނަށްވުރެވެސް ނުބައި ވާނެ އެމީހުން. މިހާރު ކްރިސްޓިއަނުންގެ ޝިޢާރެއްގަވެސް އަޅުގަނޑުމެން ބައިވެރިނުވާން އަންގަވާފަ މިއޮތީ. އެމީހުންނާ ތަފާތު ކުރާށޭ، އެމީހުންނާ ބައިވެރި ނުވާށޭ އެހެން ކަމެއްގައި އަންގަވާފަ ވާއިރު އަދި ހިންދޫންނާ ކިހިނެއް ބައިވެރިވާނީ. ހިންދޫންނަކީ މުޝްރިކުން، ހަމަ ސީދާ މުޝްރިކުން. އަމީހުންގެ އާދައެއްގަ، އަނެއްކާ އެމީހުންގެ އަޅުކަމުގެ ތެރެއިން ހިމެނޭ ކަމެއް އެއީ ޔޯގާއަކީ. ޔޯގާ އެއީ އެމީހުންގެ އަޅުކަމުގެތެރެއިންވެސް ހިމެނޭ އެއްޗެއް. އެހެންވީމަ އޭގަ އަޅުގަނޑުމެން އެ އެއްޗެހީގަ ބައިވެރިވެއްޖެއްޔާ ހަމަ އޭގެތެރެއަށް ވަދެގެންދާނެ. އެއްގޮތަކަށްވެސް ހުއްދައެއް ނުވާނެ.
-ޝައިޚް މުޙައްމަދު އިބްރާހީމް