ދުވާލު ހަތަރުދަމު ކުރި މަސައްކަތުން ލިބުނު އާމްދަނީއަށް ނުބަލާށެވެ! ކިތަންމެ މަދުން ލިބުނަސް ފުދިގެން ނިދަމާ ހެއްޔެވެ؟ އެއީ ހާދަހާވާ ފައިދާ ބޮޑުކަމެކެވެ. ވިސްނާށެވެ! ފުދިގެން ހުރި މީހަކަށް މަދުވާނީ ކޮންކެމެއް ހެއްޔެވެ؟
ފުދިގެން ނިދުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ނަމަވެސް ގިނަ ބައަކު ކަންނެތްވެ އިހްމާލްވަމުންދާ ކަމެކެވެ. ވީމާ ފުދިގެން ނިދާ މީހަކަށްވުން ކީއްތޯއެވެ؟
Abu Mas’ud reported:
The Prophet, peace and blessings be upon him, said, “Whoever recites the last two verses of Surat al-Baqarah in the night, it is enough for him.”
Source: Ṣaḥīḥ al-Bukhārī 4723, Ṣaḥīḥ Muslim 807
މި ޙަދީޘްފުޅުން އެނގިގެން މިދަނީ ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔެވުމުގެ މުހިންމުކަމެވެ. އެކަމުން ލިބިގެންދާ މުއްސަނދިކަމެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔަވައިފި މީހަކަށް އެރެއަށް ފުދިއްޖެ ކަމެވެ.
މި ދެ އާޔަތް ކިތަންމެ ލަސްލަހުން ތަޖުވީދު މަގުން ކިޔަވައިލަންވެސް ގިނަވެގެން ނަގާނީ 3 މިނިޓެއްހައި އިރެވެ. ވީއިރު ފުދިފައިވާ އެހައި ފަސޭހައިން ފުދި، ތަނަވަސްކަންމަތީގައި ނިދެން އޮއްވައި ނުފުދި ނިކަމެއްޗެއްގެ ގޮތުގައި ނިދަންވީ ކީއްކުރަންހެއްޔެވެ؟
ކީރިތި ޤްރްއާނުގެ ކޮންމެ އާޔަތަކީވެސް ޖަވާހިރެކެވެ. އެހެންކަމާއިއެކުވެސް އަގުގެ ގޮތުން ބޮޑުކުޑަ އެނެގެން އެބައޮތެވެ. މިސާލަކަށް ސޫރަތަކަށް ބަލައިފިނަމަ އެންމެ އަގުބޮޑު ޖަވާހިރަކީ ސޫރަތުލްފާތިޙާ (އަލްޙަމްދު)އެވެ. އާޔަތަކަށް ބަލައިފިނަމަ އެންމެ އަގު ބޮޑު ޖަވާހިރަކީ އާޔަތުލްކުރުސިއެވެ. ބަޤަރާ ސޫރަތުގެ އެންމެ ފަހު ދެ އާޔަތަކީވެސް އެހައިމެ އަގުބޮޑު ދެ ޖަވާހިރެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން