ފިރިމީހާކަމަށްވީނަމަވެސް ރުޅިއަތުވެއްޖެނަމަ "ﷲ ތަޢާލާއަށް ބިރުވެތިވާން" ބުނާށެވެ! އެއަޑު އިވުމުން ރުޅިމަޑުނުކުރެވޭނަމަ އެއީ ވަރަށް ބޮޑު ގޯހެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ފިރިމީހާކަމަށްވީނަމަވެސް ރުޅިއަތުވެއްޖެނަމަ "ﷲ ތަޢާލާއަށް ބިރުވެތިވާން" ބުނާށެވެ! އެއަޑު އިވުމުން ރުޅިމަޑުނުކުރެވޭނަމަ އެއީ ވަރަށް ބޮޑު ގޯހެއް!: މުފްތީ މެންކް

ކޮންމެ ޙާލަތެއްގައި މީހާ ހުރިނަމަވެސް ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ 2 ކަމެއް އެބައޮތެވެ. އެއީ ﷲ ތަޢާލާގެ ނަންފުޅު ގަނެވިއްޖެނަމަ ބިރުވެތިވުމާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަންފުޅުގަނެވިއްޖެނަމަ ޞަލަވާތް ކިޔެވުމެވެ.

ﷲ ތަޢާލާއަށް އީމާންވެގެން ހުރި މުސްލިމަކަށް އޭނާއަށް ނިޞްބަތްކޮށް ކަމަށްވީނަމަވެސް ނުވަތަ ނުކޮށް ނަމަވެސް، ޚާއްޞަކޮށް އެމީހަކަށް ނިޞްބަތްކޮށް "ﷲ ތަޢާލާއަށް ބިރުވެތިވާށޭ!" ބުނާ އަޑު އިވުމަކީ ކުޑަ ކަމަކަށް ނުހަދާށެވެ! އެއީ އިންސނަކަށް ދެވޭނެ އެންމެ ބޮޑު އިންޒާރެވެ!

އެހެނީ ފުރިހަމަ މުއުމިނަކު ނަމަ އެމީހެއްގެ ގާތުގައި "ﷲ ތަޢާލާއަށް ބިރުވެތިވާށޭ" ބުނެވިއްޖެނަމަ އެމީހެއްގެ ހިތަށް ބިރުވެރިކަން ވަންނާނެއެވެ. ލިބޭ ސިހުމުގައި މީހާ ހުއްޓުމަކަށްވެސް އަންނާނެއެވެ. އެހެނީ ފުރިހަމައަށް އީމާންވެގެން ހުންނަ މީހާއަށް ﷲގެ ނަންފުޅު އިވުމުން ހިތަށް ބިރުވެރިކަން ވަންނާނެއެވެ. ޚާއްޞަކޮށް "ﷲއަށް ބިރުވެތިވާށޭ" ބުނާ އަޑު އިވެއްޖެނަމަ ބިރުވެރިކަން އިތުރުވާނެއެވެ.

ކިތަންމެ ވަރުގަދައަށް ރުޅި އައިސްފައި ހުއްޓައި ނަމަވެސް ފުރިހަމަ މުއުމިނެއްގެ ގާތުގައި "ﷲ ތައާލާއަށް ބިރުވެތިވާށޭ" ބުނެވިއްޖެ ނަމަ އެމީހާގެ ރުޅި މަޑުވާނެއެވެ. މައިތިރިވާނެއެވެ. ނަމަވެސް މުނާފިޤުންގެ ކިބައިން އެ ސިފައެއް ނުފެންނާނެއެވެ. އެމީހުން ވާނީ އިތުރަށް ރުޅި ގަދައެވެ. މީހެއްގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެ ނަމަ އެކަމުން އެނގެނީ އޭނާއަކީ މުނާފިޤެއް ކަމެވެ. މުނާފިޤުން ތައުބާ ނުވެ ހުއްޓައި މަރުވެއްޖެނަމަ ދިއުން ގާތީ ނަރަކައަށެވެ.

މީހެއްގެ ގާތުގައި "ﷲ ތަޢާލާއަށް ބިރުވެތިވާށޭ" ބުނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެއިރުން އެކޮށްދެވެނީ ވަރަށް ހެޔޮ ކަމެކެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި މީހެއްގެ ގާތުގައި "ﷲއަށް ބިރުވެތިވާށޭ" ބުނުމުން އެކަން ބައި ނުގަތުމަކީ އެމީހަކާއި ސުވާލުކުރެވޭނެ ކަމެކެވެ. އެހެނީ އެހެން ބުނާ މީހާ ﷲ ތަޢާލާއަށްޓަކައި އެ އަދާކުރަނީ ރަސޫލުބޭކަލުންގެ މަސްއޫލިޔަތެކެވެ. ފުރަގަސް ދޭމީހާ އެ ފުގަސްދެނީ އޭނާއަށް އިއްވޭ ރަސޫލުބޭކަލުންގެ ރިސާލަތަށެވެ.

މީހަކު އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކުރަން އުޅޭކަން އެނގޭނަމަ ނުވަތަ ކުރަނިކޮށް ފެނިއްޖެނަމަ "ﷲ ތަޢާލާއަށް ބިރުވެތިވާށޭ" ބުނަންވާނެއެވެ. ބަލައި ގަތުމާއި ނުގަތުމަކީ އެމީހެއްގެ ކަމެކެވެ."ﷲ ތަޢާލާއަށް ބިރުވެތިވާށޭ" ބުނެ މީހަކަށް ނަޞޭޙަތްތެރިވެއްޖެ ނަމަ އެކަމުގެ ސަވާބު އެހެން ބުނި މީހަކަށް ދެއްވަވާނެއެވެ.

"ﷲ ތަޢާލާއަށް ބިރުވެތިވާށޭ" ބުނުމުން އެކަން ބަލައި ނުގަތުމަކީ މާޔޫސްވާން ޖެހޭނެ ސަބަބެއް ނޫނެވެ. ބަލައިގެންފިނަމަ އެކަމުގެ ފައިދާ ބަލައިގަތް މީހާއަށް ކުރާނެއެވެ. ބަލައިގަތް ނަމަވެސް އަދި ބަލައި ނުގަތް ނަމަވެސް ބުނި މީހާއަށް ސަވާބު ދެއްވަވާނެއެވެ. އަދި ބަލައި ނުގަތް ނަމަވެސް ބުނި މީހާއަށް ދެއްވަވާ ސަވާބުން އެއްވެސް މިންވަރެއް އުނި ނުކުރައްވަވާނެތެވެ!

ދެން ވަރަށް ގިނައިން ކުރިމަތިވާ ކަމެއް ބުނެލާނަމެވެ. އެއީ އަނބިންގެ ކިބައިން ލިބޭ ޝަކުވާއެކެވެ. އެމީހުންގެ ފިރިން އާދައާ ޚިލާފަށް ރުޅިގަދަވާ ކަމުގެ ޝަކުވާއެވެ. އެފަދަ ޙާލަތެއްގައިވެސް ކުރިން މިބުނި މަގުން ޢަމަލުކުރާށެވެ. އޭނާއަކީ ފުރިހަމަ މުއުމިނެއްނަމަ "ﷲ ތަޢާލާއަށް ބިރުވެތިވާން" ބުނާއަޑު އިވުމުން ރުޅި ކޮންޓްރޯލުކުރާނެއެވެ. އެކަމަށް މަސައްކަތް ނުކުރާނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. އެމީހަކުވާނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތް މީހަކަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން