ގޭމްކުޅުމާމެދު ވިސްނާލަންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ގޭމްކުޅުމާމެދު ވިސްނާލަންޖެހޭ ބައެއް ކަންކަން-

ގޭމްކޮޅުން މިހާރު ވެފައި މިއޮތީ ކުޑަކުދިންކުރާކަމަކަށް ނޫނެވެ. ބޮޑެތި މީހުންވެސް ހޭބޯނާރައި ތިބެ ގޭމްކުޅެނީއެވެ. ވީމާ މިކުރެވޭ ކަންތަކަށް ވިސްނާލަން އެބަޖެހެއެވެ. 

އިސްލާމް ދީން ހުއްދަކުރާ ގޭމްތައް ކުޅުމަކީ އެއިގެ ޒާތަށް ބަލައިފިނަމަ މައްސަލައެއް ނޫނެވެ. މައްސަލައަކަށް އެކަމަށް ދެވިހިފައި ތިމާއަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރެވޭތީއެވެ. ވަޤުތު ޖެހުމުން ނަމާދުނުކުރެވޭތީއެވެ. ޢާއިލީ ޒިންމާ އަދާނުކުރެވޭތީއެވެ. ގޭމްކުޅެން އިންނައިރު ދަރިއަކު ގާތްވެލިނަމަވެސް ކޮއްޕައި ދުރަށްލެވޭތީއެވެ. މިހެން ގޮސް ތަފާތު އެތައް މައްސަލަތަކެއް ކުރިމަތިވާތީއެވެ. 

ގޭމްކުޅުމާއި ބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.    

އަހަރެމެންގެ ވަޤުތުތައް ހޭދަކުރި ގޮތާއިބެހޭ ގޮތުން ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. ވީމާ ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

އެމީހަކަށް ލިބޭ ހުސްވަޤުތުތަކުގައި ކޮންމެވެސް ވަރަކަށް ގޭމްކުޅުން އަދި އެނޫންވެސް ކުލިވަރެއް ކުޅެލެވިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކީ އެކަންކަން ކުރުމުގައި އިމުން ނެއްޓި ހައްދުފަހަނައަޅައިދާތީއެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން