ހޫރަލް ޢީނުންގެ ރީތިކަމާ ޙޫރަލް ޢީނުން އުފެއްދެވި ސަބަބު-

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 46ސ
ހޫރަލް ޢީނުންގެ ރީތިކަމާ ޙޫރަލް ޢީނުން އުފެއްދެވި ސަބަބު-

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި އެބޭކަނބަލުންގެ ވާހަކަ އަޅުގަނޑުމެންނަށް ބަޔާން ކުރައްވާފަ އެވަނީ އަޅުގަނޑުމެން އެ ނިޢުމަތަށް ވާސިލްވުމަށްޓަކާ ޝައުޤުވެރި ކުރުވުމުގެ ގޮތުން. އެކަމުގައި އަޅުގަނޑުމެންގެ ހިތުގައި ލޯތްބާއި ބޭނުންތެރިކަން ލެއްވުމުގެ ގޮތުން. އެކަމަށްޓަކައި އަޅުގަނޑުމެން ކުރާ ޢަމަލްތައް ސީދާކޮށް ޢަމަލްތައް ފުރިހަމަ ކުރުމަށްޓަކާ. އަދި ހަމަ އެހެންމެ އެ މަތިވެރި ނިޢުމަތުން މަހްރޫމް ވެދާފަދަ ކަންކަމުން އަޅުގަނޑުމެން ދުރުހެލިވުމުގެ ހިތްވަރު ދެއްވުމަށްޓަކާ. ދުނިޔަވީ ޙަޔާތުގެ ފިލާދަނިވި ޒީނަތުން އަޅުގަނޑުމެން އަރައިގަނެ، އުޚުރަވީ ޙަޔާތުގެ އަޅުގަނޑު މި ދެންނެވި ދާއިމީ ނިޢުމަތުގެ ފޮނި މީރުކަން ލިބިގަތުމުގެ މަގަށް ހިތްވަރު ދެއްވުމަށްޓަކާ. 

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވަނީ ސުވަރުގޭގެ އަހުލުވެރިންނާ  ބެހޭގޮތުން --- "ހަމަ އެފަދައިން ތިމަންއިލާހު އެބައިމީހުންނާ، ހޫރަލް ޢީނުންނާ ކައިވެނި ކޮށްދެއްވަވާ ހުށީމެވެ." ހޫރަލް ޢީނުންނަކީ ސުވަރުގެއަށް ހާއްސަ ކުރެވިގެން ﷲ ސުބުޙާނަހޫ ވަތަޢާލާ ސުވަރުގޭގައި ޚަލްޤު ކުރައްވާ މަޚްލޫގާތްތަކެއް، ސުވަރުގެވަންތަ ވެރިންނަށްޓަކާ. އެއްވެސް ހާލެއްގައި އެއީ ޢަމަލުތަކެއް ކުރަންޖެހި އެ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން ސުވަރުގެ ލިބިފައިވާ މަޚްލޫގާތްތަކެއް ނޫން." 

އެހެންވީމަ ތަފާތަކީ އެކަނބަލުންނަކީ ޞާލިހު ޢަމަލުތަކެއް ކުޅަ، ޞާލިހު އަޅުތަކުންތަކަކަށްޓަކާ ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤު ކުރައްވާފައިވާ މަޚްލޫގާތްތަކެއްކަން. ދުނިޔޭގައި އުޅޭ މުޢުމިނު އަންހެންތަކުން ޞާލިހު ޢަމަލުކޮށް އެކަނބަލުން ސުވަރުގެއަށް ވަދެގެންދާ މުޢިމިނު އަންހެންތަކުންނަކީ މި ދެންނެވުނު ހޫރަލް ޢީނުންނާއި ޖަޒާގެ ގޮތުންނާއި މަތިވެރިކަމުން ތަފާތު ވެގެންވާ ބައެއް. އެކަނބަލުންނަކީ، އެކަނބަލުން ކުޅަ ޞާލިހު ޢަމަލުތަކެއްގެ ޖަޒާއެއްގެ ގޮތުން އެކަނބަލުން ސުވަރުގެއަށް ވެއްދޭވޭ ކަނބަލުންތަކެއް. އެހެންމަ ﷲ ސުބުޙާނަބޫ ވަތަޢާލާ ސުވަރުގެވަންތަވެރި ފިރިހެންތަކުން ނަށް ޚަލްޤު ކުރައްވާފައި މިވާ ހޫރަލް ޢީނުންނަކީ، ހޫރަލް ޢީނުގެ އަސްލު މަފްހޫމަކީ ނުވަތަ މުރާދަކީ  ދެ ނަމަކުން އެކުލެވިގެން މިވަނީ. ހޫރު، ޢީން. ހޫރަކީ އެއީ ރީތިކަމާއި ފުރިހަމަކަން ލިބިގެންވާ ޒުވާން ޢުމުރުގެ އަންހެނާ. އެކަނބުލޭގެ ހަންގަނޑުގެ ސާފުކަމާއި ދޮންކަމާއި ނަލަކަމުން، ދެކޭމީހާ ޢަޖައިބު ވެދާފަދަ ހާލެއްގައިވާ އަންހެނާ. (އަލް ޢީން)ގެ މުރާދަކީ ދެ މާނައެއް. އެއް މާނައަކީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުން އަންހެނާގެ ލޮލުގެ ހުދުކަޅީގެ ހުދުކަން އިންތިހާޔަށް ހުދުވެގެންވާ، އަދި ކަޅު ކަޅީގެ ކަޅުކަން އިންތިހާއަށް ކަޅުވެގެންވުމާއި އެކު އެކަނބަލުންގެ ހަށިގަނޑުގެ ކުލަ ދޮންވެ، ހަށިގަނޑުގެ ކުލައާއި އަދި ލޮލާއި ލޮލުގެ ކުލަޔާއި ގުޅިގެން ދާގޮތަށް ޒީނަތްތެރި ވެފައިވާ ކަނބަލުންނެވެ. 

އަނެއް ބަސްފުޅަކީ އަލް ޢީނުގެ މުރާދަކީ ލޮލުގެ ހައިބަ ބޮޑުވެގެންވާ. ލޯ ބޮޑުވުން ނުވަތަ އޭގެ މާނައަކީ މިނެއް ނެތިއެއް ނޫން. މެދު މިނަކަށް، ޒީނަތްތެރިވާ މިންވަރަށް ލޮލުގެ މިންގަނޑު ބޮޑުވުމަކީ ޚާއްސަކޮށް އަންހެނުންގެ ކިބައިގައި ހުންނަ ޒީނަތުގެ ތެރޭގައި ނުވަތަ ރީތިކަމުގެ ތެރޭގައި ހިމެނޭ ކަމެއް. އޭގެ އިދިކޮޅު އެއީ ކުރިން ދެންނެވުނު ފަދައިން އެއާ އިދިކޮޅު ސިފައެއްކަމުގައި މާނައަކީ ލޮލުގެ މިންވަރު ކުޑަވުމަކީ އެއީ ނިސްބަތުން ބަލާއިރުގައި އެންމެ ރީތި ސިފަ ކަމުގައި ނުވެދާނެ.

ﷲ ސުބުޙަނަހޫ ވަތަޢާލާ އެކަނބަލުން ސިފަކުރައްވާފައިވަނީ -- " ހޫރަލްޢީނުން، އެކަނބަލުންގެ މިސާލަކީ އެއީ ރައްކާކުރެވިފައިވާ މުތެއް ފަދައެވެ." މާނައަކީ އެ މުތް އޭގެ އަސްލު ނިވާ ކުރެވިފައިވާ ތޮށިގަނޑުގެތެރޭގައި ރައްކާތެރިކަމާއެކުގައި ފޮރުވިފައި އިންނަ، އިރުގެ އަތްވަކުން ނުވަތަ ދުނިޔެއަށް ޖެހޭ ވަޔަކުން ނުވަތަ އެނޫންވެސް އެއްވެސް އެއްޗެއްގެ ބީހުމުން އެއަށް އުނިކަމެއް ނާއްނަ އޭގެ ޒީނަތްތެރިކަމާއި ފުރިހަމަކަމަށް އެއްވެސް ވަރެއްގެ އުނިކަމެއް ވެރިވެފައި ނުވާ މުތެއްގެ މިސާލުގައޭ އެކަނބަލުން ވާނީ.

އެހެންވީމާ އަޅުގަނޑުމެންގެ ޢިލްމުވެރިން ވިދާޅުވާ ގޮތުން ( އައް ލުއުލުލް މަކްނޫން) ގެ މުރާދަކީ އެއީ ބޭރަށް ނިކުމެފައި ނުވަ ނުވަތަ ބޭރަށް ފެންނަން ނެތް ފޮރުވި ރައްކާކުރެވިފައިވާ މުތެއްގެ މިސާލެވެ. އެއީ ރީތިކަމާއި ފުރިހަމަ ކަމުގެ އިންތިހާއެވެ. އަނަސް ބުން މާލިކް ރަޟިޔަﷲ ޢަންހުގެ ފަރާތްޕުޅުން ރިވާވެގެން އައިސްފައިވޭ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކުރައްވާފައި ވަނީ، ލޮބުވެތި އަޚޫންނާއި އުޚްތުންނޭ. އަޅުގަނޑުމެން ވިސްނާލަން މުހިއްމު ނުކުތާއެއް މީ، ﷲ ސުބޫޙާނަހޫ ވަތަޢާލާ ޚަލްޤު މި ކުރައްވާ ސުވަރުގެއަށް ޚާއްސަ ކުރައްވާފައިމިވާ މަޚްލޫގާތްތަކުގެ ފުރިހަމަ ކަމާއި ރިވެތި ކަމުން އަޅުގަނޑުމެން ޝައުޤުވެރިވާން އެބަޖެހޭ.

 

 -ޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ދަރުސަކުން

 

މިއަދު އޮންލައިން