އަލަށް އިސްލާމްވި ކްރިސްޓިއަން ޓީޗަރަކު އެބުނާ ބަސްތައް އަޑުއަހާށެވެ! ތިމާޢަށް އެވިސްނުމާ ހިތްވަރު ނުލިބިގެންއުޅޭ ސަބަބަށް ވިސްނައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
އަލަށް އިސްލާމްވި ކްރިސްޓިއަން ޓީޗަރަކު އެބުނާ ބަސްތައް އަޑުއަހާށެވެ! ތިމާޢަށް އެވިސްނުމާ ހިތްވަރު ނުލިބިގެންއުޅޭ ސަބަބަށް ވިސްނައިލާށެވެ!

ބައެއް މީހުންނަށް އެކިޒާތުގެ ފާފަތައް ކުރެވޭތަން ފެނުމުން އެކަން ނުކުރުމަށް ނަޞޭޙަތްތެރިވުމުން ދައްކާނީ ފަހުޒަމާނުގެ ވާހަކައެވެ. މިފަދަ ޒަމާނެއްގައި ފާފަފަނުކޮށް ހުރެވޭނީ ކާކަށްތޯ ސުވާލުވެސް އެބަކުރެއެވެ. އެފަދަ މީހުންނަށް ވިސްނައިދެވޭނީ ކޮން ގޮތަކަށްތޯ؟ ކޮންކަމެއް ބުނެދީގެންތޯ؟

ޖަވާބަކީ އެފަދަ ވިސްނުން އެއަންނަނީ ކީރިތި ޤުރްއާނުގައިވާ ﷲ ތަޢާލާގެ ވަޙީބަސްފުޅުތައް އޭނާއަށް ނުއެނގޭތީއެވެ. ނުވިސްނޭތީއެވެ. ތިއަ ވިސްނުމުގެ މީހުންނަށާއި ޢާންމުކޮށް އެންމެންނަށް މިގެނެސްދެނީ އަލަށް އިސްލާމްވި އަންހެނެއްގެ ހިތްވަރުގަދަ ބަސްކޮޅެކެވެ! ވިސްނައިފިނަމަ ފިކުރު ހެޔޮގޮތަށް ބަދަލުކޮށްލެވޭނެއެވެ. އިން ޝާ ﷲ

އަހުރެންގެ ފެށުމަށް ބަލައިފިނަމަ އަހަރެންނަކީ ކްރިސްޓިއަން ޓީޗަރެކެވެ. ނަމަވެސް އަހަރެން މިހާރު މިހިރީ ހިތާއި ހަށިގަޑާއި ފުރާނައިން އިސްލާމްވެގެންނެވެ. އަހަރެން ޝައިޠޯނާއަށް ގޮންޖަހަމެވެ! ޝައިޠޯނާއަށް އަހަރެން މަގުފުރެއްދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ!

އަހަރެން އެހެން މިބުނަނީ އަހަރެންގެ އަމިއްލަ ބާރަކު ނޫނެވެ! ﷲ ދެއްވެވި ބާރުގައެވެ. "ޝައިޠޯނާއަށް މަގުފުރެއްދޭނީ އެމީހާ އެކަމަށް ބޭނުންވުމުން ކަމަށާއި އެމީހާ އެކަމަށް ނޭދޭހައި ހިނދަކު ޝައިޠޯނާއަށް އިންސާނުންގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވޭނެ"ކަމަށް ކީރިތި ޤުރްއާނުން އަހަރެންނަށް ފެނިފައިވާތީއެވެ!

އަދި ޝައިޠޯނާއަށް ހެއްލެން ބޭނުންނުވާ މީހާއަށް ނުހެއްލި ހުރުމުގެ ބާރުވެސް ދެއްވަވައި އެކަމަށް އޮތް މަގުވެސް ކީރިތި ޤުރްއާނުން ފެނިފައިވާތީއެވެ. ﷲ އަހަރެން ހިމާޔަތްކުރައްވަވާނެއެވެ. އިން ޝާ ﷲ! ﷲ މިވަނީ އަހަރެންނަށް ތެދުމގުދައްކަވައިފައެވެ. އެމަގުގައި އަހަރެން ސާބިތުވެ ހުރިނަމަ ޝައިޠޯނާއަށް އަހަރެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.

އަހަރެންގެ ވަށައިގެން ހިނގާ ކަންކަން އަހަރެން ބަލަމެވެ. ހަމަ އެކަކަށް ވެސް އަހަރެންގެ ގައަށް އެންމެ ކަށްޓެއްވެސް ނުހެރޭނެއެވެ! ﷲ އަހަރެން ހިމާޔަތްކުރައްވަވާނެތެވެ. އިން ޝާ ﷲ

އެއީ އަހަރެންނަށް ކުރަން ﷲ އެންގެވި ކަންކަން ކުރާތީއެވެ! އެއީ ޝަހާދަތުގެ ދެކަލިމަ ހިތުގެ އަޑިން ޤަބޫލުކޮށް އެއަށް ޢަމަލުކުރުމެވެ. އަހަރެންނަށް ﷲ އަމުރުކުރެއްވެވި ކަންކަން މިކުރަނީ އިޚްލާޞްތެރިކަމާއިއެކުގައެވެ. ﷲ އެންގެވި ގޮތަށް އަޅުކަން އެބަކުރަމެވެ. މީސްތަކުންނަށް ހެޔޮކޮށްހިތަމެވެ! ﷲ އަހަރެންނަށް ޙިމާޔަތް ދެއްވަވާނީ މި ސަބަބުތަކަށްޓަކައެވެ.

މިއީ އަލަށް އިސްލާމްވި ކްރިސްޓިއަން ސަންޑޭ ސްކޫލެއްގައި ކިޔަވައިދިން އަންހެން ޓީޗަރަކު (މިހާރު ލީޝާ) އޭނާގެ އަޑުން ރެކޯޑްކޮށް ޢާންމުކުރި ބަސްތަކެކެވެ. ނިކަން ބުނެބަލާށެވެ! މުސްލިމުންގެ ގޮތުގައި އުފަންވެފައި ތިބެމެ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް މިފަދައިން ބުނެލަން ކެރިދާނެ ހެއްޔެވެ؟ އޭނާ އެބުނާ ވާހަކަތައް ޤުރްއާނުން ކިޔާއިރުވެސް ފަހުމްނުވެ ތިބެން ލަދުގަންނަން ނުޖެހެނީ ކިތައް މީހުންނަށް ހެއްޔެވެ؟

 

މިއަދު އޮންލައިން