ގޭތެރޭގަވިޔަސް ގޯތީގަވިޔަސް ގަސްހެއްދުމަކީ ބިރުގަންނަންޖެހޭ ކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ގޭތެރޭގަވިޔަސް ގޯތީގަވިޔަސް ގަސްހެއްދުމަކީ ބިރުގަންނަންޖެހޭ ކަމެއްތަ؟

ގޭތެރޭގައި (ޕޮޓްގަ އިންދައިގެން) ނުވަތަ ގޯތިތެރޭގަ ގަސްހެއްދުމަކީ ޖިންނި ޝައިޠޯނުން އަވަލާކަމެއް ކަމަށް ބުނާއަޑު އަހަމެވެ. އެކަމުގައި ޙަޤީޤަތެއް ވޭތޯއެވެ؟  

ޖަވާބު: ތިއަ ސުވާލަކީ ބައެއް މީހުން ކުރާ ސުވާލެކެވެ. ޝައިޠޯނުން ހުރިހާ ތާކުވެސް އުޅޭނެއެވެ. އެއްވެސް ގަހެއް ނުހެއްދިޔަސް އެއްޗެތި އުޅޭނެއެވެ. ވީމާ އަހުރެމެންނަށް އޮތީ ރައްކައުތެރިވެގެން އުޅުމެވެ. އެކަމަށް ކުރަން އޮތް ކަމަކީ ޛިކުރުތައް ކިޔަމުން ގެންދިއުމެވެ. ގޭގައި ނަމާދުކޮށް ޤުރްއާން ކިޔެވުމެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ނުކުރުމެވެ. 

ގަހަކީ އިންސާނުންނަށް ފައިދާކުރާ އެއްޗެކެވެ. ކާބޯތަކެތި ލިބެނީ ގަހުންނެވެ. އެއިގެ އިތުރުން ހިތްހަމަޖެހުންވެސް ލިބެއެވެ.  

އަހުރެން މާބޮޑަށް ބިރުގަންނަ ކަމެއް ބުނެފާނަމެވެ. އެއީ ގޭގައި މިޔުޒިކްޖެހުމާއި މިޔުޒިކްކުޅުމެވެ. އެއީ ރަޙްމަތުގެ މަލާއިކަތުން އެގެއަކަށް ވަދެވަޑައިނުގަންނަވައިފާނެ ކަމަށްޓަކައެވެ. ޝައިޠޯނުންތައް އެގެއަކަށް ޙާޒިރުވެ މަޖިލިސްކުރާނެތީއެވެ. ވީމާ އަހުރެންގެ ވިސްނުމުގައި އެއީ މާނުރައްކާތެރި ކަމެކެވެ.

 

- މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން