ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ކަމަށް އަނަސް ބުން މާލިކް ރަޟިޔަﷲ ޢަންހު ވިދާޅުވަނީ (އަރަބި) "ސުވަރުގޭގެ އަންހެން ކަނބަލުންކުރެ ބޭކަނބަލަކު ދުނިޔޭގެ މީސްތަކުންގެ މައްޗަށް ފާޅުވެއްޖެ ކަމަށް ވާނަމަ، މާނައަކީ ދުނިޔޭގައި މިވާ މީސްތަކުންގެ މައްޗަށް، އޭގެ ތެރެއިން ބޭކަނބަލަކު ފާޅުވެއްޖެކަމަށް ވާނަމަ ސުވަރުގޭގައި ﷲ ސުބޫޙާނަހޫ ވަތަޢާލާ ޚަލްޤު ކުރައްވާފައިވާ އަންހެން ބޭކަނބަލުންކުރެ، ހޫރަލް ޢީނުން ކުރެ ބޭކަނބަލަކު ދުނިޔޭގައި ބިމުގައި ތިބި މީސްތަކުންގެ މައްޗަށް ފާޅުވެއްޖެކަމަށް ވާނަމަ (އަރަބި) އުޑާއި ބިމާއި ދެމެދު އެކީ އެކަށް އަލިވެ އުޖާލާވެގެން ދާނެތެވެ." އެއްކޮށް ދިއްލި އަލިވެ އުޖާލާވެގެން ދާނެތެވެ.
ބައެއް ރިވާއަތްތަކުގައި އޮންނަގޮތުން އިރުގެ އަލިކަން ފަނޑުވެ ހަމައެކަނި އެކަނބުލޭގެ ކިބައިގައިވާ ނޫރުގެ އަލިކަމުން މުޅި ދުނިޔެ ފުރާލާނެ. އިރުގެ އަލިކަން ގެއްލިގެން ދާނެ. ނިކަން ބައްލަވާ އިރާމެދުގައި، އޭގެ އަލިކަމުގެ ވަރުގަދަކަމާއި އެ އިރު އަޅުގަނޑުމެންނަށް ފޮނުވަމުން ގެންދާ އަލިކަން. އެއިރު އެކަނބުލޭގެ ފާޅުވެއްޖެކަމަށް ވާނަމަ އެއީ އޭގެ އަލިކަން ފަނޑުވެގެން ދާފަދަ އެއްޗެއް ގޮތުގައި އޭގެ އަލިކަން ބަދަލުވެގެން ދާނެ އެއްޗެކެވެ.
(އަރަބި) " މީރު ވަހަކުން މުޅި ދުނިޔެ ފުރާލަފާނެ." އެންމެ ބޭކަނބަލެއް، ސުވަރުގޭގައި ޚަލްޤު ކުރެވިފައިވާ ހޫރަލް ޢީނުންކުރެ އެންމެ ބޭކަނބަލަކު އަޅުގަނޑުމެން އިންސާނުންގެ މައްޗަށް ފާޅުވެއްޖެކަމަށް ވާނަމަ، މުޅި ދުނިޔެ އެކަނބުލޭގެ ކިބައިގައިވާ ނޫރުގެ އަލިކަމުން އަލިވެ އުޖާލާވެގެން ދާހިނދު، އެހެން ހުރިހާ އަލިކަމެއް ފަނޑުވެގެން ދާނެތެވެ. އެއީ އިރުގެ އަލިކަން ކަމުގައި ވިޔަސް. އަދި މީރު ވަހަކުން މުޅި ދުނިޔެ ފުރާލާނެތެވެ. އެކަނބުލޭގެ ކިބައިގައިވާ މީރު ވަހުން މުޅި ކާއިނާތުގެ ތެރޭގައި، އެކަނބުލޭގެ ކިބައިގައިވާ މީރުވަސް ފެތުރި އެހެން އެއްވެސް ވަހެއް ދެން ނުދުވާ ފަދަ މީރުވަހެއް ކަމުގައި މުޅި ކާއިނާތު ވެގެން ހިނގައިދާނެތެވެ.
- ޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ދަރުސަކުން