ކުރިމަތީގައި އޮތް ސަފުގައި ހުރި މީހަކު ވުޟޫ ގެއްލިގެން މިސްކިތުން ފައިބާ ހާލަތުގައި އެ ހުސްވި ޖާގައަށް މައުމޫމުންގެ ތެރެއިން މީހުން ދާނީ އެ ސަފުންތޯ ނުވަތަ ފަހަތުގައި އޮންނަ ސަފުންތޯ؟
އާދެ މިހާރު ދެގޮތްވެސް އެބަ ސާބިތުވޭ އެބަ. މިހާރު ކުރިއަށް އޮތް ސަފުގަހުރި މީހަކު ވުޟޫ ގެއްލިގެން ސަފުން ނިކުމެގެން ގޮއްސިކަމުގައި ވާނަމަ، އިމާމު މީހާއާ ދިމާއަށް ވާގޮތަށް ދެން ހުރި މީހާ ޖެހިލީމާ އެގޮތްވެސް ހުއްދަ. އެގޮތްވެސް ހަމަ މައްސަލައެއް ނެތް. މިސާލަކަށް އިމާމު މީހާގެ ކަނައަތް ފަރާތަށް ވާގޮތަށް ހުރި މީހަކު ވުޟޫ ގެއްލިގެން ދިޔައީ. ގޮއްސިއްޔާ ހަމަ ސަފުގެ ކަނައަތްފަރާތުގަ ދެން ހުރި މީހާ އެތަން ބައްދައިލާނީ. ބައްދައިލަން ޖެހޭނެ. ނުބައްދަ އޮވެއްޖެއްޔާ ކަނައަތްފަރާތަށް ހުރި މީހާ ފާފަވެރިވާނެ. ދެން އޮތީ މިސާލަކަށް ކަނައަތުގަ ހުރިމީހާ ޖެހި ނުލައިފިއްޔާ، އެތަން ބައްދާ ނުލައިފިއްޔާ އެ ޖެހިގެން އޮތް ސަފުގަ ހުރިމީހާ އެތަނަށް އަރަންޖެހޭނެ، ޖެހިގެން ހުރި މީހާ އެ ސަފަށް އަރަންޖެހޭނެ.
ދެން ސުވާލު އެތާންގަ އުފެދެނީ މިސާލަކަށް އެ އެޅި ފިޔަވަޅުތައް ނަމާދުގަ. އެ އެޅި ފިޔަވަޅުތައް އެއީ އެންމެ މާތް ފިޔަވަޅުތައް ކަމުގަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކުރައްވާފައިވަނީ. އެންމެ މާތް ފިޔަވަޅަކީ ނަމާދުގަ އެޅޭ ފިޔަވަޅޭ. ނަމާދުގެ އެކަހަލަ ހާލަތެއްގައި އެޅޭ ފިޔަވަޅޭ އެއީ އެންމެ މާތް ފިޔަވަޅަކީ. އެހެންމަ ވަރަށް މާތް ފިޔަވަޅެއް އެއީ. އެހެންމަ އެ ފިޔަވަޅަކު ނެތެއްނު މައްސަލައެއް. އެހެންމަ އެމީހާ ޖެހެ ނުލައިފިއްޔާ އެތަންކޮޅު ބއްދާ ނުލައިފިއްޔާ ދެން އޮތް ސަފުގަ ހުރިމީހާ އެ ސަފާ ޖެހިގެން ހުރި ސަފުގަ ހުރިމީހާ ކުރިއަށް އަރާލާ އެތަންކޮޅު ބައްދާލާނީ. ބައްދާލަން ޖެހޭނެ ސަފުތައް. ނުބައްދަ އެތާ އުނިކަމެއް ހުރެގެން ނަމާދު ކޮށްގެން ނުވާނެ. އޭރުން އެ ސަފުގެ އިމާމު މީހާ އާއި، އިމާމު މީހާއާއި ވީ ފަރާތަށް ޖެހެން ޖެހޭ މިހާ، އޭނަ ފާފަވެރި ވާނެ.
- ޝައިޚް މުޙައްމަދު އިބްރާހީމް