މިހާރަކަށް އައިސް ކީރިތި ޤްރްއާނުގެ އާޔަތްތަކާއި ﷲ ތަޢާލާގެ ނަންފުޅުތައް އެކި ގޮތްގޮތަށް ލިޔެ ޕްރިންޓްކޮށްގެން ފޭރާން އުފައްދައެވެ. އަދި ބައެއް ފޭރާމުގައި ލިޔެފައި ހުންނަނީ ފަސޭހައިން އަޅައި ނުގަންނާނެ ގޮތްގޮތަށް ޑިޒައިންކޮށްގެންނެވެ.
މިއީ ކޮންމެ ނިޔަތެއްގައި ބައަކު ކުރިނަމަވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި މުސްލިމުން ވިސްނައި ސަމާލުކަންދޭންޖެހޭނެ ކަމެއްވެސްމެއެވެ. އެހެނީ އެފަދަ ފޭރާންލުން މުސްލިމުންނަށް ހުއްދަނޫންވީމައެވެ.
ތިރީގައިވާ ލިޔުމުން އެކަން އޮތްގޮތް ސާފުވެލައްވާނެއެވެ. އިން ޝާ ﷲ
ސުވާލު: އަހަރެން ދިރިއުޅެމުން މި އަންނަ އަވަށުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަންފުޅު ލިޔެފައިވާ ޓީޝާރޓް ލާ މީހުން ގިނަވެއްޖެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ މި ފަދަ ޓީޝާރޓް ލާ ބައެއް މީހުން އެއަށް އިހާނަތްތެރިކޮށް ކަންތައްކޮށްފާނެއެވެ. އެ ލުމުގެ ތެރޭގައި ނުވަތަ އެ ބިންމައްޗަށް އެއްލާލުމުންނެވެ. އަދި އެފަދަ ޓީޝާރޓެއް ލުން ހުއްދަނަމަ އެލައިގެން ފާޚާނާއަށް ވަންނާނީ ކިހިނެއްތޯއެވެ؟ މިކަމުގައި ތިބާގެ ރައުޔަކީ ކޮބައި ހެއްޔެވެ؟
ޖަވާބު:
الحمد لله
މިފަދަ ޓީޝާރޓު ލުމަކީ ހުއްދަކަމެއް ނޫނެވެ. އަދި އެފަދަ ޓީޝާރޓެއް ލާމީހާ އެފަދަ ކަމެއް ކުރާނަމަ އެކަން ހުއްޓުވަންޖެހޭނެއެވެ. އެކަމަށް އިންކާރު ކުރަން ޖެހޭނެއެވެ. އެއީ ﷲ ގެ ނަންފުޅަށް އިހާނަތްތެރިވުން އެކަމުގައި ހިމެނޭތީއެވެ.
އެގޮތުން މިފަދަ ޓީޝާރޓްތަކުގައި ﷲ ގެ އިސްމުޅު ޕްރިންޓުކުރުމުގެ ސަބަބުން، އެ ޓީޝާރޓްތައް، ﷲ ގެ ނަންފުޅު ލިޔެފައިވާތަކެތި ބެހެއްޓުން ލާއިޤުވެގެން ނުވާ ތަންތަނުގައި މިސާލަކަށް ފާޚާނާފަދަ ތަންތަނުގައި ބެހެއްޓުމާއި، (ޚާއްޞަކޮށް މިފަދަ ތަކެތި ދޮންނައިރު) އެހެނިގެން ގޮތްގޮތުންވެސް އިހާނާތްތެރިވުން ހިމެނޭތީއެވެ.
ތިބާއާ އެހެނިހެން މުސްލިމުން މިފަދަ ޓީޝާރޓްތައް ގަތުމުން ދުރުހެލިވެއްޖެނަމަ އެކަންކުރާބަޔަކަށް އެބައިމީހުންގެ މާރކެޓް ހަނިވެގެންދާނެއެވެ. އޭރުން އެބައިމީހުންގެ މަޤްޞަދަކީ ހަމައެކަނި ވިޔަފާރިކުރުން ކަމުގައިވާނަމަ، އެފަދަ ޓީޝާރޓްތައް ޕްރިންޓުކުރުން ހުއްޓާލަން އެމީހުންނަށް މަޖުބޫރުވާނެއެވެ".
والله أعلم .
އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު
--ޝައިޚް މުޙައްމަދު ޝާފިޢު
މަރްޖިޢު: