ދަރަންޏެއް އޮތަސް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކަމުން ގެންދެވޭނަމަ ޙައްޖުވުމަށް ހުރަހެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދަރަންޏެއް އޮތަސް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކަމުން ގެންދެވޭނަމަ ޙައްޖުވުމަށް ހުރަހެއް ނެތް!

ސޯޝަލް ހައުސިން ފްލެޓަށް ފައިސާ ދައްކަމުންދާއިރު ނުވަތަ އެހެންވެސް ދަރަންޏެއް އޮތްނަމަ ޙައްޖަށް ދެވޭނެތޯ؟ މިއީ ބައެއް ކިޔުންތެރިން ކުރައްވާ ސުވާލެކެވެ.  

ޖަވާބަކީ: ޤަވާޢިދުން ފައިސާ ދައްކަމުންދާނަމަ އަދި ޙައްޖު ދަތުރުކުރުމުގެ ސަބަބުން ފައިސާ ދެއްކުމަށް ހުރަހެއް ނޭޅޭނެ ނަމަ (ޙައްޖަށް ދިއުމަކުން) މައްސަލައެއްނެތެވެ.  

- ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް  

(ސޯޝަލް ހައުސިން މައްސަލައިގައި ގިނަބައަކު ކަންބޮޑުވަނީ ގިނަ ބައަކު ފްލެޓަށް ފައިށާ ދައްކަމުން ގެންދާތީއެވެ. އެތައް އަހރެއްވާއިއރުވެސް ފައިށާ ދައްކައި ނުނިންމޭނެތީއެވެ.  

ހަމައެކަނި ސޯޝަލް ހައުސިންގ އަކަށް ނޫނެވެ. އެއްވެސް ފަރާތަކަށް ދަރަނިވެރިވެފައިވާނަމަ ޙައްޖަށް ދިއުން އޮތީ ދައްކަން އެއްބަސްވެފައިވާ ޤަވާއިދުން ފައިސާ ދައްކަމުން ގެންދާނަމައެވެ. އެއިގެ ތެރޭގައި ބޭންތަކުން ނަގާފައި ހުންނަ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ އާއި މީހަކަށް ނަމަވެސް ދަރަންޏެއް އަދާކުރަންޖެހިފައިވާނަމަ ޤަވާއިދުން ދައްކަމުން ދިއުން ހިމެނޭކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.)

 

މިއަދު އޮންލައިން