ލޯބިވެރިޔާ ނުލިބިގެންވެސް، ބައިވެރިޔާއާއިމެދު ވިސްނަމުންގޮސްވެސް ބައްޔަކަށް ވެއްޖެނަމަ އެއީ ކުރެވޭ ފާފައަކަށްވާ ސަބަބާ މާޔޫސްބަލީގެ ބޭސް ކާން ނުޖެހޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ލޯބިވެރިޔާ ނުލިބިގެންވެސް، ބައިވެރިޔާއާއިމެދު ވިސްނަމުންގޮސްވެސް ބައްޔަކަށް ވެއްޖެނަމަ އެއީ ކުރެވޭ ފާފައަކަށްވާ ސަބަބާ މާޔޫސްބަލީގެ ބޭސް ކާން ނުޖެހޭނެ ގޮތް!

މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެންމެ ގިނަބައަކަށް މާޔޫސްބަލި ޖެހެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ތިމާ ބޭނުންވާ ލޯބިވެރިޔާ ނުލިބުމާއި އަދި ޙަޔާތުގެ ބައިވެރިޔާ ތިމާ ދެރަކޮށް ނިކަމެތިކުރުން ހިމެނެއެވެ. 

އުފެދޭ ސުވާލަކީ މިފަދަ ޙާލަތެއް މެދުވެރިވުމުން އެކަމަށް ވިސްނަމުން ގޮސް ތިމާގެ ނަފްސަށް ދެރައެއް ލިބިއްޖެނަމަ، އެކަން ބައްޔަކަށް ވެއްޖެނަމަ އެއިރުން އެކަން ވާނީ ތިމާއަށް ކުރެވުނު ފާފައަކަށް ހެއްޔެވެ؟ 

ޖަވާބުގައި އެއީ ފާފައަކަށްވާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ދަލީލަކަށް ދައްކަވަނީ ތިމާގެ ނަފްސަށް ގެއްލުން ލިބިދާނެ އެއްވެސް ކަމެއް ކުރަން ދީން ހުއްދަނުކުރާކަމެވެ. އެބޭކަލުން ވިދާޅުވަނީ ކޮންމެ ކަމަކާއި ގުޅިގެން ވެސް ވިސްނަންވާނީ ތިމާގެ ނަފްސް އަމިއްލައަށް ކޮންޓްރޯލްކުރެވޭނެ މިންވަރަށް ކަމަށެވެ. 

ދެން އޮތީ ދެވަނަ ސަބަބެވެ. މުސްލިމުންނަކީ މިންވަރަށް އީމާންވާންޖެހޭ ބައެކެވެ. ވީމާ ތިމާއަށް ކުރިމަތިވާ ކޮންމެ ޙާލަތަކީވެސް ﷲ ތަޢާލާގެ މިންވަރުފުޅު ކަމަށް ޤަބޫލުނުކުރެވުމަކީ ކުރެވޭ ކުށެކެވެ. 

ކުރުކޮށްލާފައި ޚުލާޞާ ބުނެލާނަމެވެ. އެކަމެއްގެ މައްޗަށް ތިމާގެ އަމިއްލަ ބާރު ނުފޯރުވޭ އެއްވެސް ކަމެއްގައި ތިމާގެ އަމިއްލަ ނަފްސަށް ގެއްލުން ލިބޭނެ ވަރަށް ނުވިސްނާށެވެ. ﷲ ތަޢާލާއަށް ވަކީލްކޮށް ދުޢާކުރުންމަތީގައި ހުންނާށެވެ. ހިންމަވައި ދެއްވަވާނީ ތިމާއަށް އެންމެ ފައިދާހުރި ގޮތަށްކަން ޔަޤީންކޮށްގެން ހުންނާށެވެ! އެއިރުން އަމިއްލަ ނަފްސަށް ގެއްލުން ލިބޭ ޙާލަތަކަށް ނުދާނެއެވެ. މާޔޫސްބަލީގެ ބޭސްކާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން