އަނބިމީހާގެ ބޭނުންކޮށް ހިތްފުރުމުން އަނބިމީހާ ވަރިކޮށް އެއްލައިލުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު އެއް ފާފަކަން ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އަނބިމީހާގެ ބޭނުންކޮށް ހިތްފުރުމުން އަނބިމީހާ ވަރިކޮށް އެއްލައިލުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު އެއް ފާފަކަން ޙަދީޘުން-

އިސްލާމް ދީނަށް ބަލާއިރު ކައިވެނިކުރަން އޮތީ ތިމާ ބޭނުންވާ ކަންތައް ޙާޞިލުވުމުން ބާކީކޮށް އެއްލައިލާކަށް ނޫނެވެ! ތިމާއަށް މޮޅު ގޮތް ފެނުމުން އެކަމުގެ ފަހަތުން ދުވާކަށްވެސް ނޫނެވެ. ޢުމުރަށް އެކުގައި ދިރިއުޅުމަށެވެ. އެކަމުގެ މަތިވެރި ނިޔަތުގައެވެ. ނަމަވެސް ގިނަ ބައަކަށް މިކަންކަމެއް ނުވިސްނެއެވެ. 

ޢަބްދުﷲ ބިން ޢުމަރުގެ އަރިހުން ބަޔާންވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.  

"ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު އެއް ފާފައަކީ އަންހެނަކާއި ކައިވެނިކޮށް އޭނާގެ ކިބައިން ބޭނުންވާ ކަންތައް ޙާޞިލުވުމުން އޭނާ ދޫކޮށްލާ އަދި އޭނާގެ ރަން އަދާނުކުރި މީހާއެވެ."

މިޙަދީޘްފުޅުން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ރަން އަދާކުރުމުގެ މައްސަލައަކަށް އެކަންޏެއް ނޫނެވެ. އޭނާގެ ބޭނުންކޮށްފައި އެއްލައިލުމުގެ މައްސަލަވާނީ އޭނާއަށް އެންމެ ބޮޑު މައްސަލައަށެވެ. އެހެނީ ފައިސާއަކީ ހޯދިދާނެއެއްޗެކެވެ. ނަމަވެސް ޢިއްފަތްތެރިކަމަކީ އަނބުރައި ހޯދޭނެ އެއްޗެއް ނޫނެވެ. ބިކުރުވެރިކަމަކީ ގެއްލުމުން އަނބުރާ ލިބޭނެ އެއްޗެއްނޫނެވެ. އަންހެނާގެ އެންމެ އަގުހުރި މުދަލަކީ ނުވަތަ އެސެޓަކީ އޭނާގެ ބިކުރުވެރިކަމެވެ.  

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އަހުރެން ދެކޭ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑެތި ފާފަތައް ކަމަސްވާ ފާފަތައް ކުރާ މީހުންނާއި އޮތީ ދުރުހެލިވުމެވެ. އަހަރެމެންނަށް އޮތީ އެމީހުންނާއި ގުޅިގެން ނުއުޅުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން