ނިކަން ބިރުވެތިވެ ބަލަ! ކައްވަޅު ތިބާގެ ޤަބުރު ފިއްތައިލާނެ ބާރުމިން އެނގޭތަ؟ ފިއްތާލާނީ ކިތައް ފަހަރުކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ނިކަން ބިރުވެތިވެ ބަލަ! ކައްވަޅު ތިބާގެ ޤަބުރު ފިއްތައިލާނެ ބާރުމިން އެނގޭތަ؟ ފިއްތާލާނީ ކިތައް ފަހަރުކަން އެނގޭތަ؟

މަރުވެ ވަލުލެވުމުން ބިންގަނޑު ކޮންމެ މީހެއްގެ ޤަބުރުވެސް ފިއްތައިލާނެއެވެ! ފިތައްލާ ބާރުގަދަކަމުން މޭމަތީގެ ކަށިތައް އަރިކަށިން ބޭރަށް ނުކުންނާނެއެވެ. އަދި އެގޮތަށް ފިއްތައިލެވޭނީ ކިތައް ފަހަރުކަމެއް ނުއެނގެއެވެ. އެނގޭ ކަމަކީ އެކިމީހުންނަށް އެކިވަރަށް ކަމެވެ.  

މަރުވެ ވަޅުލެވުމުން މިފަދަ ބިރުވެރި، ގަދަފަދަ ވޭންއަޅާނެ އެތައް ކަމެއް މެދުވެރިވާނެއެވެ. އަހުރެމެންނަސް އޮތީ އެކަންކަމުން ސަލާމަތްވާން މަސައްކަތްކުރުމެވެ. މުލްކް ސޫރަތް ކިޔެވުމަކީވެސް ކައްވަޅުގެ ޢަޛާބުން ސަލާމަތްވުމަށް ކުރެވެން އޮތް ކަމެކެވެ.  

ޤަބުރު ފިއްތަލިވެނޭކަން އެއީ ޙަދީޘްފުޅުން ޔަޤީންވާކަމެކެވެ!   

ކައްވަޅުގައި ކޮންމެމީހަކުވެސް ފިއްތައިލެވޭނެ ކަމަށް އޮންނަ ޙަދީޘަކީ ޞައްޙަ ޙަދީޘެކެވެ. އެއްވެސް މީހަކަށް އެކަމުން ސަލާމަތްވެވޭނެ ނަމަ ސަޢުދު ބިން މުޢާޛް ސަލާމަތްވެވަޑައިގަތީސް ކަމަށް ޙަދީޘްގައި އޮވެއެވެ.. އެހެނީ ސަޢުދުބިން މުޢާޛް އަވަހާރަވުމާއި އެކު ޢަރުޝި ގުޑައިގެން ދިޔައެވެ. އަދި އުޑުތަކުގެ ދޮރުތައް ހުޅުވިގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ ޖަނާޒާގައި 70،000 މަލާއިކަތުން ބއިވެރިވެ ވަޑައިގަތެވެ.   

ނަމަވެސް އެކަލޭގެފާނުވެސް ޤަބުރަށް ލެއްވުމާއެކު ފިއްތާލެވުނެވެ. ނަމަވެސް ފަހުން ދޫކޮށްލެވުނެވެ. ވީމާ ކޮންމެ މީހަކުވެސް ޤަބުރުގައި ފިއްތާލެވޭނެއެވެ. ސަލާމަތްވުން އޮތީ އެމީހެއްގެ ޢަމަލުތަކުގެ މައްޗަށް ބިނާވެފައެވެ. މިއިންވެސް އެނގެނީ ދުނިޔޭގެ ލައްޒަތަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތް ކުރަން ޖެހޭކަމެވެ.  

- ޙަދީޘްގެ މާނަ: ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް.

 

މިއަދު އޮންލައިން