ޤާނޫނުތަކުން ލުއި އަދަބުދިނަސް ﷲ ތަޢާލާ ބާވައިލެއްވެވި އެއްވެސް ޙުކުމްފުޅަކަށް ބަދަލެއް ނާދޭ! ނުވެސް އަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޤާނޫނުތަކުން ލުއި އަދަބުދިނަސް ﷲ ތަޢާލާ ބާވައިލެއްވެވި އެއްވެސް ޙުކުމްފުޅަކަށް ބަދަލެއް ނާދޭ! ނުވެސް އަންނާނެ!

ކައިވެނިކޮށް އެއްދާންކުރުމަށްފަހު ޒިނޭކޮށްފިކަން ޘާބިތުވެއްޖެނަމަ އެމީހަކަށް ދިނުމަށް އިސްލާމީ ޝަރީޢަތުގައި އޮތް އަދަބަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބެވެ. އެއީ ރަޖަމްކުރުމެވެ. އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސްމެއެވެ. 

ޤައުމުތަކުގައި މިއަދު އިސްލާމީ ޝަރީޢަތް ޤާއިމުނުކުރާތީ ލުއި އަދަބެއް ދިންކަމުގައިވީނަމަވެސް ކުރި ފާފަ ކުޑަވެނެއް ނުދާނެއެވެ. ފާފައިގެ ބޮޑުމިން އޮންނާނީ ޙުކުމް ބާވައިލެއްވެވި ދުވަހެކޭ މިއަދެކޭވެސް އެއްގޮތަށެވެ. 

ކައިވެނިކޮށްގެން ހުރެ އަނބިމީހާ ހިލޭ ފިރިހެނަކަށް ބަނޑުބޮޑުވެއްޖެނަމަ އެހިސާބުން ކާވެނި ރޫޅޭނެތޯ؟ އަންހެން މީހާޔަށް އޮންނާނީ ކޮންކަހަލަ އަދަބެއްތޯ؟ 

ޖަވާބަކީ އޮޓަމެޓިކުން ކާވެނި ރޫޅިގެން ނުދާނެއެވެ. ތަޥްބާ ވެއްޖެނަމަ އެކުގާ އުޅުމަކުން މައްސަލައެއްނެތެވެ. ތަޥްބާ ނުވެއްޖެނަމަ ވަރިކުރަން ޖެހޭނެއެވެ. ތިމައްސަލަ ޤާޟީއާއި ހަމަޔަށް އުފުލި ކުށްސާބިތު ވެއްޖެނަމަ (އިސްލާމީ ޝަރީޢަތުގައި ދޭން އޮތް) އަދަބަކީ ރަޖަމުކުރުމެވެ. . 

ކައިވެނީގެ ކުރިން ދެމީހުން ޒިނޭކުރުމުން ބަލިވެ އިންނަފަހުން ކައިވެނިކުރިނަމަވެސް ކައިވެންޏަށް 6 މަސް ނުފުރައި ވިހައިފިނަމަ ދަރި ނުލައްވާނެއެވެ. ކައިވެނިކޮށްގެން ފިރިމީހާއާއި ޖިމާޢޫވަމުން ހިލޭ ފިރިހެނަކާއިއެކު ޒިނޭވެސް ކުރަމުން ދަރިއަކު ލިބިއްޖެނަމަވެސް ލައްވާނީ ފިރިމީހާއަށެވެ.  ދަރިޤަބޫލުކުރަން ބޭނުންނުވާނަމަ އޮތީ ލިޔާނުކުރުމެވެ. އެޙާލަތުގަ އެއީ ކާކުގެ ދަރިއެއްކަން އަނބިމީހާއަކަށް ނުއެނގޭނެއެވެ.  

 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.

 

މިއަދު އޮންލައިން