ދުނިޔޭގެ ދިރިއުޅުމަށް އެދޭއިރުވެސް އެންމެ ދަށުދަރަޖައިގެ ދިރިއުޅުމަށް އެދުމެއް ނެތް! އެދެންވީ ރަނގަޅު ދިރިއުޅުމަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދުނިޔޭގެ ދިރިއުޅުމަށް އެދޭއިރުވެސް އެންމެ ދަށުދަރަޖައިގެ ދިރިއުޅުމަށް އެދުމެއް ނެތް! އެދެންވީ ރަނގަޅު ދިރިއުޅުމަކަށް!

ބައެއް މީހުން ބުނަނަނީ ތިމާއަށް ބަނޑުފުރާނަ މުއްތިކުރެވިއްޖެނަމަ ނިމުނީ ކަމަށެވެ. އެއީވެސް ގޯސްބުނުމެއް ކަމަކަށް ނުބުނަމެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރާއިރު އެދެންވާނީ ތަނަވަސް އަދި އުފާވެރި ދިރިއުޅުމެއް ދެއްވެވުން އެދިގެންނެވެ. 

ސުވަރުގެ ދެއްވެވުން އެދިގެން ދުޢާކުރާއިރުވެސް ދުޢާކުރުން އޮތީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ، ފިރުދައުސް ދެއްވެވުން އެދިގެންނެވެ. އެކަމުންވެސް އެނގެނީ ދުޢާކުރުން އޮތީ އެންމެ މަތީ ދަރަޖައަށް އެދިގެން ކަމެވެ. 

އަހުރެމެންނަށް އޮތީ ދުޢާކުރުމެވެ. ދެއްވަވާނީ އެމީހަކަށް ދެއްވަވަން ކަނޑައަލުއްވަވާފައިވާ މިންވަރެކެވެ. އެއީ އަހުރެމެން ވިސްނަން ޖެހެންވީ ކަމެއް ނޫނެވެ. އަހުރެމެންނަށް އޮތީ އެކަން ﷲ ތަޢާލާގެ ހަޟްރަތަށް ވަކީލްކުރުމެވެ. 

އަހުރެމެން ދުޢާކުރަން ޤުރްއާނުގައި އޮތީ ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވެވުން އެދިގެންނެވެ. ވީމާ ތިމާ ދުނިޔޭގައިވެސް އެދެންވާނީ އެންމެ ހެޔޮ ރަޙްމަތަށެވެ. ކިރިޔާ ފުދޭ މިންވަރަކަށް ނޫނެވެ. އެގޮތަށް ދުޢާކުރުމުން ކިރިޔާ ފުދޭ މިންވަރަށް ދެއްވެވިނަމަވެސް އެއީވެސް ހަމަ ރަޙްމަތެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. 

- ޝައިޚް ހިޝާމްގެ ދަރުސަކުން

މިއަދު އޮންލައިން