އަނބިމީހާއަށް ބޭނުންވާހައި ކަމެއް ވަޤުތުން ހަމަޖައްސައިދިނުމަކީ ތަނަވަސް ފިރިއަކަށް ނޫނީ ކޮށްދެވޭނެ ކަމެއް ނޫނެވެ! މަދުން ލިބޭނަމަ ކޮންމެވެސް ވަރަކަށް ޚަރަދުތައް ހިފަހައްޓަންވެސް ޖެހެއެވެ. އެއީ އިޤްޠިޞޯދުކުރުމަށްޓަކައެވެ. ހުސްވެއްޖެނަމަ ޒިންމާ އުފުލަންޖެހޭނީ ފިރިމީހާއަށް ކަމަށްވާތީއެވެ.
އެކަމަކު ކުރެވިފައިވާ ގިނަ ދިރާސާތަކުން އެނގޭ ގޮތުގައި ލިބޭ މިންވަރުން ފުއްދައިގެން ކަންކަން ކުރަން ބޮޑަށް ހުޝިޔާރީ ހެޔޮލަފާ އަނބިންނެވެ. އެއީ އެކަނބަލުންގެ ހިފެހެއްޓުންތެރިކަން ބޮޑުކަމުންނެވެ.
ކޮންމެއަކަސް އަނބިމީހާގެ އަތަށް ފުރިހަމަ ކޮންޓްރޯލް ނުދިންނަމަވެސް ބޭނުންވާ ކޮންމެ ކަމަކަށް ފިރިމީހާގެ ކިބައިން އެދެން ނުޖައްސާށެވެ. އެއީ ކިތަންމެ ހެޔޮލަފާ އަންތބަކު ނަމަވެސް ފޫހިވާނެ ކަމެކެވެ. އެއިގެ ބަދަލުގައި މިންގަނޑެއް ކަނޑައަޅާފައި ބޮޑެތި ކަންކަމުގައި ރުހުން ހޯދަން ނުވަތަ އެދެން ހަމަޖައްސާށެވެ. އެއިރުން އަނބިމީހާ ހުންނާނީ ހިތްހަމަޖެހިގެންނެވެ.
އެންމެ މުހިންމު ކަމަކީ ލިބޭ މިންވަރު އަނބިމީހާއަށް އެންގުމެވެ. ސިއްރު ނުކުރުމެވެ. އެއިރުން އަނބިމީހާވެސް އެކަމަށް ވިސްނާނެއެވެ.