އެއްވެސް ހެޔޮ ޢަމަލެއް މާދަމާ ނުވަތަ ފަހުން ކުރަން ފަސްކުރާއިރު މިއަދު ތިއަހުރީ ﷲ ތަޢާލާ ދެއްވަވާ ރަޙްމަތުގެ ބޭނުން ނުކޮށްތަ؟ ނޭވާލަނީ އަމިއްލައަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
އެއްވެސް ހެޔޮ ޢަމަލެއް މާދަމާ ނުވަތަ ފަހުން ކުރަން ފަސްކުރާއިރު މިއަދު ތިއަހުރީ ﷲ ތަޢާލާ ދެއްވަވާ ރަޙްމަތުގެ ބޭނުން ނުކޮށްތަ؟ ނޭވާލަނީ އަމިއްލައަށްތަ؟

ރިވެތި އަޚްލާޤްގައި އުޅޭނަމަ އެއްވެސް މީހަކަށް ބޭނުންވާ ކަންކަން ނުކޮށް ފަސްކޮށްފައިވެސް އެހެން މީހުންނަށް ކޮސްދޭންޖެހޭ ކަންކަން އެދުވަހު ކުރާނެއެވެ. ޚާއްޞަކޮށް ޢާއިލާއަށް ކޮށްދޭންޖެހޭ ކަންކަން ކުރާނެއެވެ. މިހާރަށް ބަލައިފިނަމަ ލޯބިވެރިޔާއަށް ކޮށްދޭންޖެހޭ ކަންކަން ކުރާނެއެވެ. އެހެންކަމަށްވާއިރު މިއަދުކުރަންޖެހޭ އަޅުކަން މާދަމާއަށް ނުވަތަ ފަހުން ކުރަން ފަސްކުރަންވެދާނެ ހެއްޔެވެ؟ 

ވިސްނާށެވެ! މާދަމާއަށް އެއްވެސްކަމެއް ލަސްކުރާނަމަ ކުރަންޖެހޭނީ ދުނިޔެއިން އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކަންކަމެވެ! އާޚިރަތަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް މާދަމާއަށް ލަސްނުކުރާށެވެ! ދުނިޔެއިން ބޭނުންވާ ކަންކަން ނުކުރެވިހުރެ ދުނިޔެ ދޫކުރަން ޖެހުމުން ހިތާމަކުރާކަށް ނުޖެހޭނެއެވެ! ހިތާމަކުރަންޖެހޭނީ އާޚިރަތަށްޓަކައި ކުރަންޖެހޭ ކަމެއް ނުކުރެވި ދުނިޔެ ދޫކުރަން ޖެހިދާނެތީއެވެ! ހަމަ އެންމެ ކަމެއް ނަމަވެސްމެއެވެ! 

ޚަތިމްކުރަން ޤުރްއާން ކިޔެވުމުގައިވެސް ބުއްދިވެރިންނަކީ މާދަމާ ކިޔަވަން ލަސްނުކޮށް މާދަމާ ކިޔަވަންޖެހޭ ބައި މިއަދު ކިޔަވާ މީޙުންނެވެ! ދަމުނަމާދު ކުރަން ފެށުންވެސް މާދަމާރެއަށް ލަސްނުކުރާށެވެ! 2 ރަކްޢަތުން ނަމަވެސް މިރޭ ފަށާށެވެ! މިވިތުރީގެ 3 ރަކްޢަތް މާދަމާރޭ ކުރުމުގެ ނިޔަތުގައި މިރޭ 1 ރަކްޢަތްނުކޮށް މިރޭވެސް 3 ރަކްޢަތް ހަމަކުރާށެވެ! ކޮންމެ އަޅުކަމެއްވެސް މިމޭރުމުން ކުރަމުން ގެންދާށެވެ! 

ޢިބްރަތް ޙާޞިލުކުރާށެވެ! ފަހުން ޞާލިޙް ހެޔޮ ޢަމަލުކުރަން ފަށަން ނިޔަތްގަނެގެން ތިބޭ ކިތައް މީޙުންނަށް އެފުރުޞަތު ނުލިބި އެބަ ދުނިޔެ ދޫކުރަންޖެހޭ ހެއްޔެވެ؟ އާޚިރަތުގައި ސަލާމަތްކަމަށް އެދޭ މީހާ ވާންޖެހޭނީ މާދަމާއަކީ ތިމާގެ ހަށިގަނޑު ފަސްގަނޑުގައި ވަޅުލެވޭނެ ދުވަސްކަމަށް ބަލައިގެން މިއަދު ކަންކަން ފުރިހަމަކުރާ މީހަކަށެވެ. 

އަހަރެމެންގެ އެންމެ ބޮޑު ބަލިފައަކީ ކޮންމެ ކަމެއް މާދަމާކުރަން ލަސްކުރެވޭ ކަމެވެ. ޔަޤީނުންވެސް މާދަމާ އަންާނެއެވެ. ނަމަވެސް ޔަޤީންނުވާކަމަކީ މާދަމާ އާއި ބައްދަލުވެދާނެކަމެވެ. މާދަމާއަށް ކަންކަން ކުރަން ލަސްކުރާ މީހާއަށް މާދަމާ އާއި ބައްދަލުނުވެއްޖެ ނަމަ އެމީހާގެ ހުރިހާ ކަމެއް އެހިސާބުން އެވަނީ ފޭލްވެފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން