ލޯބިކުރަމުންގޮސްވެސް ޖުނުބުވެރިވެއްޖެނަމަ ހިނައި ނުގަނެ ނަމާދެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ލޯބިކުރަމުންގޮސްވެސް ޖުނުބުވެރިވެއްޖެނަމަ ހިނައި ނުގަނެ ނަމާދެއް ނުކުރެވޭނެ!

މިހާރަކަށް އައިސް ލޯބިވެރިން ކަމަށްވެއްޖެނަމަ ނުކުރާ ކަމެއް ނެތެވެ. ބައެއް މީހުން ޒިނޭނުކޮށް ތިބެދާނެއެވެ. ނަމަވެސް ބައްދައި އޮޅުލައި އެހެންކަންކަން ކުރަމުން ގޮސް ޖުނުބުވެރިވާ ޙާލަތަށްވެސް ދެއެވެ.  

"މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. ކުރެވޭ ބޮޑު ފާފައެކެވެ. ފުރަތަމަ ކަމަކީ ކާވެނި ކުރުމުގެ ކުރިން ގައިގޯޅިވެ ދޮންދީ ހެދުމަކީ ޙަރާމް ކަމެކެވެ. އެފަދަ ޖަރީމާއެއް ހިންގުމުގެ ތެރޭގައި މަނިބޭރުވެފައިވާނަމަ ހިނައިގަންނަން ޖެހޭނެއެވެ. ހިނައިގަންނަން ޖެހިފައި އޮއްވާ ހަމައެކަނި ވުޟޫ ކޮށްގެން ނަމާދު ޞައްޙައެއް ނުވާނެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް. 

މިކަންކަމަށް ބަލައިފިނަމަ މިއީ ކޮންމެ މުސްލިމަކަށްވެސް އެނގެންޖެހޭނެ ކަންކަމެވެ. ނަމަވެސް ހޭލުންތެރިކަން ކުޑަވުމުން ނުއެނގެނީއެވެ. ވިސްނައިވެސް ނުލެވެނީއެވެ. ލޯބިވާށެވެ! ނަމަވެސް ކައިވެނީގެ ކުރިން ގައިގައި ނުބީހި ކެތްތެރިވާށެވެ! އެކަނި ބައްދަލުނުކުރަން ދީނުގައި އޮންނަނީވެސް ބައްދަލުކުރުމުން ޝައިޠޯނާ އެދެމެދަށްވަދެ ގައިގޯޅިކުރުވައި ފާފަތައް ކުރުވާނެތީއެވެ.

އުފާވެރި ދިރިއުޅުމެއް ލިބެން އޮތީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. ކައިވެނިކުރެވެންދެން ކެތްތެރިވެލުމަކީ ﷲ ތަޢާލާ ބަރަކާތް ލައްވަވާނެ ކަމެކެވެ. އެކަމުގެ ސަބަބުން އުފާވެރި ދިރިއުޅުމަކަށް މަގުފަހިވާނެއެވެ. އިން ޝާ ﷲ

 

 

މިއަދު އޮންލައިން