ނަމާދުކުރަން ދަތުރުވެރިންނަށް ދެއްވަވާފައިވަނީ ލުއިތަކެކެވެ! ނަމާދުއެޅުން ހުއްދަކުރައްވަވާފައި ނުވާކަން އަބަދުވެސް ހަނދާނުގަ ބަހައްޓަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ނަމާދުކުރަން ދަތުރުވެރިންނަށް ދެއްވަވާފައިވަނީ ލުއިތަކެކެވެ! ނަމާދުއެޅުން ހުއްދަކުރައްވަވާފައި ނުވާކަން އަބަދުވެސް ހަނދާނުގަ ބަހައްޓަންވާނެ!

ދަތުރަކު ގޮސް އުޅުނަސް ނަމަނަމަ އޮޅުވައިނުލާށެވެ! ނަމާދުކުރަން ދަތުރުވެރިންނަށް ދެއްވެވީ ލުއިތަކެކެވެ. އެންމެ ނަމާދެއްވެސް އެޅުމުގެ ހުއްދައެއް ނުދެއްވަވައެވެ. ދަތުރެއްގައިވާނަމަ ނަމާދުކުރުމުގައި ﷲ ދެއްވަވާފައިވާ ޢިނާޔަތުގެ ބޭނުން ކުރާށެވެ! ނަމާދު ނާޅާށެވެ! އެނބުރި ގޮސް ޤަޟާއަށް ކުރަން ދޫކޮށްނުލާށެވެ!

ދަތުރުވެރިންނަށް ނަމާދުކުރުމުގައި ވަނީ ލުއިފަސޭހަ ގޮތްތަކެއް މިންވަރު ކުރައްވަވައިފައެވެ. އެއީ 4 ރަކްޢަތް ނަމާދުތައް 2 ރަކްޢަތަށް ކުރުކުރުމާއި އިސްކޮށް ޖަމްޢްކުރުމާއި ފަސްކޮށް ޖަމްޢްކުރުމުގެ ލުއިފަސޭހަކަމެވެ. ދަތުރަކީ އުޒުރެއް ކަމަށް ބަލައި ނަމާދު އެޅުމެއް ނެތެވެ.

ދަތުރަކު ގޮސް އުޅުނަސް އެންމެ މުހިންމު ކަމަކީ ނަމާދުތަކަށް ރައްކައުތެރިވުމެވެ. ވިޔަފާރި ދަތުރެއް ކަމުގައިވީނަމަވެސް އަދި އެހެން ދަތުރެއް ކަމުގައިވީނަމަވެސް މެއެވެ. ދެއްވަވާފައިވާ ލުއިފަސޭހަތަކާއިއެކު ނަމާދުކުރުމަކީ، ނަމާދުކުރަން ބޭނުންވާ މީހަކަށް ބުރަކަމެއް ނޫނެވެ. ވިސްނަން އޮތް ކަމަކީ ފަރުޟް 5 ނަމާދަކީ ތިމާ ކޮންމެ ތަނެއްގައި ހުރިނަމަވެސް ކުރަންޖެހޭނެ ކަމެއް ކަމެވެ. އެއިރުން އެއީ ކުރަން ބުރަކަމަކަށް ނުވާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ދަތުރުގެ ދިގުމިން އަންގައިދޭ ލިޔުމެއް: https://islamqa.info/en/answers/38079/minimum-distance-for-breaking-fast-and-shortening-prayers

މިއަދު އޮންލައިން