ޙޫރަލްޢީނުންގެ ޠާހިރުކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޙޫރަލްޢީނުންގެ ޠާހިރުކަން-

ދެން އޮތީ އަޅުގަނޑު ކުރިން އިޝާރާތް ކޮށްލި އެހެން ސިފައެއް. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤު ކުރައްވަފައި މިވާ ހޫރަލް ޢީނުންގެ ޠާހިރުކަމުގެ މައްޗަށް ހުރި ވާހަކަތައް. ﷲ ސުބޫޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި އެވާހަކަ ބަޔާން ކުރައްވާފައިވޭ. (އަރަބި) "އެބައިމީހުންނަށް ޠާހިރު ވެވިގެންވާ ނުވަތަ ޠާހިރު ކުރެވިގެންވާ އަދި ޠާހިރު ވެގެންވާ އަނބި ކަނބަލުންތަކެއް ނުވަތަ އަނބިންތަކެއް ވެއެވެ."

ބުނެވޭގޮތުން އެއީ ހުރިހާ ބާވަތެއްގެ އުނިކަމަކާއި ނަޖިސްތަކަކުން ޠާހިރުވެގެންވާ ބޭކަނބަލުންތައް. އެހެންވީމާ އެތަނުގައި ބޮޑުކަމު ދިއުމެއް، ކުޑަކަމު ދިއުމެއް، ހައިޟު ނިފާސްކަމެއް، އެނޫންވެސް ރޯގާޖެހުމުގެ ސަބަބުން އަރިދަފުސް ކުޅު މިކަހަލަ އެއްވެސް ކަމެއް އެކަނބަލުންގެ ކިބައިބައި އަދި ސުވަރުގޭގެ އަހުލުވެރިންގެ ކިބައިގައި އެއްގޮތަކަށްވެސް ނުހުންނާނެ. އަދި ހަމަ އެހެންމެ، އެތެރެ ފުށުގެ، ކުރީގަ އަޅުގަނޑު ދެންނެވި ސިފަތައް ކަމުގައިވާ ރުޅިވެރިކަމާއި އަދާވާތްތެރިކަމާއި ހަސަދަވެރިކަމާއި މި ހުރިހާ ސިފަތަކަކީ އެކަނބަލުންގެ ކިބައިގައި ނުހުންނާނޭ ސިފަތަކެއް.

- ޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ދަރުސަކުން

މިއަދު އޮންލައިން