ކައިވެނިކޮށް ލޯބިން އެކުގަ ދިރިއުޅުނު ފިރިމީހާ ނިޔާވުމުން 2 ވަނަ ކައިވެނިކޮށްފިނަމަ ސުވަރުގެއިން ކުރީގެ ފިރިމީހާ ލިބޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކައިވެނިކޮށް ލޯބިން އެކުގަ ދިރިއުޅުނު ފިރިމީހާ ނިޔާވުމުން 2 ވަނަ ކައިވެނިކޮށްފިނަމަ ސުވަރުގެއިން ކުރީގެ ފިރިމީހާ ލިބޭނެތޯ؟

ކައިވެނިކޮށް ލޯބިން އެކުގަ ދިރިއުޅުނު ފިރިމީހާ ނިޔާވުމުން 2 ވަނަ ކައިވެނިކޮށްފިނަމަ ސުވަރުގެއިން ކުރީގެ ފިރިމީހާ ލިބޭނެތޯ؟ މިއީ ބައެއް ކަނބަލުން ކުރައްވާ ސުވާލެކެވެ. އަދި ފިރިމީހާ ނިޔާވުމުން ދެން ހުންނަން ޖެހޭނީ ކައިވެނިނުކޮށްތޯވެސް ސުވާލުކުރެއެވެ.  

މިކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ފިރިމީހާ ނުވަތަ އަނބިމީހާ ނިޔާވުމުން ކައިވެނި ނުކޮށް ހުންނާކަށް ނުޖެހޭނެކަމަށާއި ފިރިއަކާއި ނުލައި ދިރިއުޅުމުގެ ތަނަވަސްކަން ހުރިނަމަވެސް ފާޙިޝް ޢަމަލަކަށް އަރައިގަނެވިދާނެ ކަމުގެ ބިރު އޮތްނަމަ ކައިވެނި ކުރަންވެސް ޖެހޭނެ ކަމަށެވެ. އަދި ސުވަރުގޭގައި އަނބިމީހާ އަށް ދެއްވަވާނީ އޭނަ އެންމެ ފަހުން އިނދެގެން އުޅުނު ފިރިމީހާ ކަމަށެވެ. (އެމީހާ ސުވަރުގެ ވައްދަވައިފިނަމަ)  

މިޘާލަކަށް ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ފިރިމިހާ ނިޔާވީއެވެ. ސުވަރުގެއިން އޭނާ ލިބުމުގެ ބޭނުމުގައި އިތުރު ކައިވެންޏެއް ނުކޮށް އިނދެގެން ފާޙިޝް ޢަމަލުތައް ކުރެވޭނަމަ އެމީހަކަށް ސުވަރުގެ ނުލިބުމަކީ މެދުވެރިވެދާނެ ކަމެކެވެ. ވީމާ އެންމެ މުހިންމު ކަމަކީ ޙަރާމް ކަމެއް ނުކޮށް ދުނިޔޭގެ ހަޔާތް ވޭތިކުރުމެވެ.

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެއްވެސް މީހަކު ހިތްހަމަނުޖެހޭނެ އެއްވެސް ކަމެއް ސުވަރުގެއިން މެދުވެރިއެއް ނުވާނެއެވެ. ވީމާ ބައިވެރިއަކަށް ދެއްވަވާނީ ލިބުމުން ހިތް އުފަލުން ފުރިގެންވާނެ ބައިވެރިއެކެވެ.

މިއަދު އޮންލައިން