ދަތިޙާލުގަ އުޅޭނަމަ ފިރިމީހާގެ މަސައްކަތުން ފައިސާ ހޯދިނަމަވެސް ޚަރަދުކުރަންވާނީ ދެފުށް ފެންނަ ގޮތަށެވެ! އެފައިސާގައި އަނބިދަރިންގެ ޙައްޤުތައްވެސް ވާކަން ޤަބޫލުކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދަތިޙާލުގަ އުޅޭނަމަ ފިރިމީހާގެ މަސައްކަތުން ފައިސާ ހޯދިނަމަވެސް ޚަރަދުކުރަންވާނީ ދެފުށް ފެންނަ ގޮތަށެވެ! އެފައިސާގައި އަނބިދަރިންގެ ޙައްޤުތައްވެސް ވާކަން ޤަބޫލުކުރަންވާނެ!

ވަރަށް ގިނައިން ދިމާވާ ކަމެއް ފާހަގަކޮށްލާނަމެވެ. މިޘާލަކަށް އަނބިމީހާގެ ހިސާބުތަކުން ދައްކާ ގޮތުން ފިރިމީހާ އަތުގައި އަދި ފައިސާ ހުންނާނެއެވެ. އެއީ ލިބޭ އާމްދަނީން (މުސާރައިން) އެމަހު ގެއަށް ކުރެވުނު ޚަރަދު ލަފާކުރުމުންނެވެ. ނަމަވެސް ފިރިމީހާ ގާތު ކަމަކަށް ބުނުމުން އަތުގައި ފައިސާ ނެތް ކަމަށް އެބަ ބުނެއެވެ. އެޙާލަތުގައި އެފައިސާ ޚަރަދުކުރި ކަންކަން އޮންނަނީ ބުނެނުދެވިފައެވެ. 

އަތްމަތި ދަތިކޮށް ދިރިއުޅޭނަމަ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ފިރިމީހާގެ މަސައްކަތުން ފައިސާ ހޯދިނަމަވެސް ދެފުށް ފެންނަ ގޮތަށް ޚަރަދުކުރާށެވެ. އެފައިސާގައި އަނބިދަރިންގެ ޙައްޤުތައްވެސްވާކަން ޤަބޫލުކުރަންވާނެއެވެ! ޚާއްޞަކޮށް އަތްމަތި ދަތިކޮށް އުޅޭނަމަ އެކަމަށް ވަކިން ބޮޑަށް ސަމާލުކަންދޭން ވާނެއެވެ!

މައިންބަފައިންނަށް ނުވަތަ ޢާއިލާގެ މީހަކަށް ޚަރަދުކުރަންޖެހޭ ޙާލަތުގައި ޚަރަދުކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ އަނބިމީހާއަށް ސިއްރުކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމުގައި ވިސްނާލަންވީ ތިމާގެ މައިންބަފައިންނަށާއި ޢާއިލާއަށް ޚަރަދުކުރާ ފަދައިން އަނބިމިހާގެ ވެސް މައިންބަފައިންނަށާއި ޢާއިލާއަށް ޚަރަދުކުރަންވާނެކަމެވެ. އެމީހުންވެސް ބާކީކޮށްލައިގެން ނުވާނެކަމެވެ. 

މިކަންކަމަށް ސަމާލުކަންދޭނަމަ ދެއްވަވާ ރިޒުޤްގައި ބަރަކާތް ލައްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން