މޯޗަރީގަ އެހާ ގިނަ ދުވަހު ބާއްވާފައި ހިނެވުމުންވެސް ޝައިޚްގެ މޫނުފުޅުން ހިނިތުންވުން ފެނުމުން ހިނެވި ޝައިޚްވެސް ވީޙައިރާން! އެއީ ޢާންމުކޮށް ވާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
މޯޗަރީގަ އެހާ ގިނަ ދުވަހު ބާއްވާފައި ހިނެވުމުންވެސް ޝައިޚްގެ މޫނުފުޅުން ހިނިތުންވުން ފެނުމުން ހިނެވި ޝައިޚްވެސް ވީޙައިރާން! އެއީ ޢާންމުކޮށް ވާނެ ކަމެއް ނޫން!

އަޅުގަނޑުމެން އެންމެންވެސް އުންމީދުމިކުރަނީ ހެޔޮލަފާ ނިމުމަކަށެވެ. ހިނިތުންވެގެންހުރެ ދުނިޔެއިން ނުކުމެ ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށެވެ. ތިމާގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލެވޭނިދު ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށް ވުމަށެވެ. ނަމަވެސް އެކަމަށް މަސައްކަތްކުރެވެނީ ހާދަ މަދު މީހަކަށެވެ.  

ތިރީގައިވާ ވާހަކައަކީ ހެޔޮލަފާ އަޅެއްގެ ގޮތުގައި މަރުވުމަށް އެދޭ މީހުން ގިނަގިނައިން ކިޔައި ޢިބްރަތް ޙާޞިލްކުރަން މަސައްކަތްކުރުމުން ފައިދާކުރާނެ ވާހަކައެކެވެ. އިން ޝާ ﷲ  

ޝައިޚް ޢައްބާސް ވިދާޅުވާ ގޮތުގައި މޯޗަރީގައި މީހަކު 24 ގަޑިއިރު ބާއްވައިފިނަމަ އޭނާގެ ހަށިގަނޑަށް ބަދަލުތަކެއް އައުދެއެވެ. އޭނާގެ ދެލޯ ކޮންމެވެސް މިންވަރަކަށް ބޭރަށް ނުކުމެއެވެ. މޫނުގެ މަސްތައް ދޫވެގެންދެއެވެ. އެހެންވެސް ބައެއް ބަދަލުތައް އައުދެއެވެ.  

އެޝައިޚްގެ ހަށިގަނޑު ޔޫރަޕުގެ ޤައުމަކުން ޖިއްދާއަށް ގެނެވުނީ 8 ދުވަހު މޯޗަރީގައި ބާއްވާފައެވެ. 7-8 ގަޑިއރުގެ ފްލައިޓު ދަތުރަކަށްފަހުގައެވެ. ނަމަވެސް ހިނަވަންވެގެން ބަލައިލިއިރު ހަށިގަނޑަށް އެއްވެސް ބަދަލެއް ނައުދެއެވެ. އޮތީ ހިނިތުންވެގެންނެވެ. އެމަންޒަރު ފެނުމުން ރޮވުނެވެ. އެހެންވެ ވަޤުތުން ޢާއިލާގެ މީހުންނަށް ގޮވައި ހަށިގަނޑު ދެއްކީއެވެ.  

އެ ޝައިޚަކީ ދީނީ ގޮތުން ދަރުސްތައް ދެއްވައި މީސްތަކުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ޝައިޚެކެވެ. ޔޫރަޕްގެ ޤައުމެއްގައި މިސްކިތެއްގައި ދަރުސްދެއްވަންވެގެން ތަރުޖަމާނަކާއިއެކު މިސްކިތަށް އަރާވަޑައިގަންނަވަނިކޮށް ތަރުޖަމާނު ހޭނެތިގެން ވެއްޓުމުން ބޮލުގައި އަތްޕުޅު ބާއްވަވާލައްވައިގެން ޤުރްއާން ކިޔަވައިވިދާޅުވަން އިންނަވަނިކޮށް ތަރުޖަމާނު ނިޔާވީއެވެ.  

އެޤައުމުގައި ޤަވާޢިދު އޮންނަ ގޮތުން އޭނާ މަރުވުމުގެ ޒިންމާ އުފުލަން ޝައިޚަށް ޖައްސުވައި ޖަލަށްލީއެވެ. އޭނާ ނިޔާވީ ޝައިޚުގެ ސަބަބުން ނޫންކަން މިސްކިތުގައި ތިބި މީހުން ބަޔާންކުރުމުންވެސް ޤަބޫލުނުކުރީއެވެ. ޝައިޚް މިނިވަންކުރަން ސަޢުދީ ސަރުކާރުން ކުރި މަސައްކަތްތައްވެސް ކާމިޔާބުނުވީއެވެ. 

ޝައިޚް އަވަހާރަވީ ޖަލުގައި ހުންނަވާތާ 4 ވަނަ އަހަރުއެވެ. ޖަލުގައި ހުންނަވައިގެންވެސް ދަރުސް ދެއްވައި މީސްތަކުންނަށް އިސްލާމް ދީން އުނގަންނަވައި ދެއްވެވިއެވެ. އެތައްް ހާސްބައަކަށް ވަނީ އެކަމުގެ ފައިދާކޮށްފައެވެ.  

މަރުވުމުން ހިނިތުންވެފައި އޮތުމަކީ އޭނާގެ މަރަކީ ހެޔޮލަފާ މަރެއްކަން އެނގިގެންދާ ކަމެއްކަމަށް ބެލެވެއެވެ.

 

- ޝައިޚް މުޙައްމަދު އަލް ނަޤްވީ

 

 

 

މިއަދު އޮންލައިން