ޙައްޤު މަގު އެނގި ސުވަރުގެ ބޭނުންވި ނަމަވެސް ހިރަޤުލްއަށް ޢަމަލުނުކުރެވުނު ސަބަބު - ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޙައްޤު މަގު އެނގި ސުވަރުގެ ބޭނުންވި ނަމަވެސް ހިރަޤުލްއަށް ޢަމަލުނުކުރެވުނު ސަބަބު - ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!

ފޮތްތަކުގައި ލިޔެވިފައި ހުންނަ ވާހަކަތަކަށާއި ދުނިޔޭގެ ތާރީޚަށް ބަލައި ފިކުރުކުރާ މީހަކަށް އެންމެ ބޮޑަށް ފައިދާކުރާނީ ފައުޅުކަން ބޮޑު ގޮތުގައި ހިނގައި، މީސްތަކުންގެ ލޯތަކަށް ފެނިފައިވާ ކަންކަމަށް ވިސްނުމުންނެވެ. 

އެމީހެއްގެ ހިތުގައި ވެރިކަމަށް ދަހިވެތިކަން ބޮޑުވެއްޖެނަމަ ޙައްޤުމަގުގައި އޮންނާނީ ޘާބިތުނުވެވިފައެވެ. މަޝްހޫރު ހިރަޤުލްގެ ވާހަކައަކީ މިގޮތުން ވަރަށް ޢިބްރަތްތެރިވާހަކައެކެވެ.

ހިރަޤުލް ސުވަރުގެ ބޭނުންވިއެވެ! އެކަންދޫކޮށްލީ ބޮޑުންގެ އަވާގަޖެހުމުން ވެރިކަމުގެ ދަހިވެތިކަމުގައެވެ.! 

އެމީހާގެ ރަޙުމަތްތެރިންނާ އެމީހާގެ ޤަބީލާއާއި ޤައުމުގެ މީހުންނާއި އޭނާގެ މުދަލާއި ޖާހު މެދު އޭނާގެ ނަފްސުގެ މައްޗަށް (އެ ތަކެއްޗާއި މެދު) ބިރުގަނެއްޖެ ނަމަ، އެއީވެސް ޙައްޤު ޤަބޫލުކުރުމަށް އެޅިގެން ދާނޭ ހުރަހެކެވެ. 

އެއީ ނަޞާރާއިންގެ ރަސްކަލުން ހިރަޤުލްއަށްވެސް ވީގޮތެވެ. 

އެއީ އޭނާ ރަސޫލާ ދިރިހުންނެވިއިރު ޝާމްކަރައިގައި ވެރިކަމުގަ ހުއްޓާ، ރަސޫލާ ދަޢުވަތުދެއްވުމުން ޙައްޤު ޤަބޫލުނުކުރާން އިތުރު ބާރެއްލިބުނެވެ. 

ފަހެ އެއީ ހިރަޤުލްއަށް ޙައްޤު އެނގި އިސްލާމްދީނަށް ވަންނަންވެސް ޤަސްދުކުރިއެވެ.

އެކަމަކު އޭނާގެ ޤައުމުގެމީހުން އެކަމަށް އެއްބާރުލުމެއް ނުދިނެވެ. 

އެހެންކަމުން ހިރަޤުލްގެ ނަފްސުގެ މައްޗަށް އެމީހުންދެކެ ބިރުގަތުން އިސްކުރިއެވެ. ފަހެ އެހިނދު އޭނާއަށް ޙައްޤު ބަޔާންވެފައިވާ ޙާލު އިސްލާމްކަމުގެ މައްޗަށް ކުފުރު އޭނާ އިސްކުރިއެވެ. 

މިއީ އަލް އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ އެބޭފުޅާގެ ފޮތް 'ހިދާޔަތުލް ޙަޔާރާ' ގައި "އަދި ޙައްޤަކީ ޙައްޤުކަން ޤަބޫލުކުރުމަށް ދަތިވެ އެޤަބޫލުކުރުމުން މަނާކޮށް ހުރަސް އަޅާ އެތަށް ސަބަބުތަކެއްވެއެވެ!" މައުޟޫުގެދަށުންމ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. 

- ތަރުޖަމާ: ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން