ހިކުމުގެ ރޭހުގަ ވާދަކުރަން ބޭނުންވާ ނަމަ އަންހެނުން ފިރިހެނުންނަށްވުރެ ކެއުން މަދުކުރަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހިކުމުގެ ރޭހުގަ ވާދަކުރަން ބޭނުންވާ ނަމަ އަންހެނުން ފިރިހެނުންނަށްވުރެ ކެއުން މަދުކުރަންޖެހޭ!

ބައަކަށް އެއީ އިންސާފުވެރި ކަމެއް ކަމަށް ނުފެނުނު ނަމަވެސް އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުން ކާއިރު އަދިވެސް ބަރުދަން ލުއި ކުރެވޭނެ އެވެ. ފަލަވުމުގެ ބަދަލުގައި ހިކެއެވެ. 

އެއީ ފިރިހެނުންގެ ހަށިގަނޑު އަންހެނުންނަށް ވުރެ ގުދުރަތީ ގޮތުން ގިނައިން ކެލޮރީ އަންދައިދޭތީއެވެ. 

"ފިރިހެން ހަށިގަނޑަކީ ޖެނެޓިކަލީ އަންހެން ހަށިގަނޑަށް ވުރެ މަސްތަކާއި ސަރުބީ މަދުކުރުވޭނެ  ފަރުމާކޮށްފައިވާ އެއްޗެކެވެ. ފިރިހެނުންނަށް ދަރިން ވިހެއުމަށް ބޭނުންވާ ހަކަތަ ރައްކާކުރާކަށްވެސް ނުޖެހެއެވެ." 

ކޮންމެ އަކަސް ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ވަރަށްވުރެ ގިނައިން ކެއުމެވެ. އެކަމަށް ސަމާލުކަންދޭން އެބަޖެހެއެވެ. ޚާއްޞަކޮށް އަންހެނުން އެކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. 

މިހެން ބުނީމާ ބައެއް އަންހެނުން ކައުން މާބޮޑަށް މަދުކުރެއެވެ. ނުކައިވެސް އެބަ ތިބެއެވެ. އެއީ ހެދޭ ގޯސްތަކެވެ. އެއިރުން ލިބޭ ގެއްލުމާއި ޖެހޭ ބަލިތައް މާގިނަވާނެއެވެ. 

ބައެއް މީހުންނަށް ހެދޭ އިތުރު ގޯހެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ ހިކެން ބޭނުންވާވަރަށް ހިކެވުމުން ކުރީގެ ޑައިޓާ ކަސްރަތު ދޫކޮށްލެވޭ ކަމެވެ. އެގޮތަށް އެކަން ނުކުރާށެވެ. ކަސްރަތު އެއްގޮތަކަށްވެސް ހުއްޓައިނުލާށެވެ. ކެއުމަށް ބަދަލު ގެނައިނަމަވެސް ގެންނަންވާނީ ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

  

މިއަދު އޮންލައިން