ދެން ﷲ ސުބޫހާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވާ އަނެއް ސިފައަކީ (އަރަބި) ޞާދު ސޫރަތުގެ 52 ވަނަ އާޔަތް. (އަރަބި) އަޅުގަނޑުމެން އެވާހަކަ ކުރިން ދައްކައިފީމު. "އެއީ ބެލުން އެކަނބަލުންގެ ފިރިންނަށްޓަކާ އެކަނި ހުސްކޮށްލާފައިވާ ބޭކަނބަލުންތަކެކެވެ. " (އަތުރާބު) ގެ މާނައަކީ " އެއް ޢުމުރެއްގެ ބޭކަނބަލުންތަކެކެވެ." އެހެން އާޔަތެއްގައި ﷲ ސުބޫޙާނަހޫ ވަތަޢާލާ ވާޤިއާ ސޫރަތުގައި ވަޙީ ކުރައްވަނީ (އަރަބި) " އެކަނބަލުންނަކީ (ޢުރުބަން) ގެ މާނައަކީ އެކަނބަލުންގެ ފިރިންދެކެ އިންތިހާއަށް ލޯބިވާ، އެކަނބަލުންގެ ފިރިންނަށް އިޝްޤު އެކަނބަލުންގެ ހިތްތަކުގައި، އެ ފިރިންގެ ހިތުގައި އިޝްޤު އުފެދުމުގެ ކުރީގައި އުފެދި، އެ ފިރިންނަށް ޝައުޤުވެރިކަމާ އެކުގައި އިންތިޒާރު ކުރަމުންދާ ބޭކަނބަލުންތަކެކެވެ. އަދި އެކަނބަލުންގެ ފިރިންނަށް އެކަނބަލުންގެ ކިބައިން ލޯތްބައި ކުލުނުވެރިކަން ލިބިގެން ދާނެތެވެ." (އަތުރާބާ) ގެ މާނައަކީ އެއް އުމުރެއްގެ ބޭކަނބަލުންތަކެކެވެ.
އެހެންވީމަ (އަތުރާބާ) ގެ މާނައިގައި އަޅުގަނޑުމެންގެ ސަލަފުވެރި ބޭކަލުން އޭގެ ތެރޭގައި ޞަޙާބީ ބޭކަލުން، ތާބިޢީ ބޭކަލުން، އޭގެ ތެރޭގައި އިބްނު އައްބާސް ހިމެނި ވަޑައިގަންނަވާ ޞަޙާބީ ބޭކަލުންގެ ތެރޭގައި. (އަތުރާބާ) ގެ މުރާދަކީ އެއް އުމުރެއްގެ ބޭކަނބަލުން ތަކެކޭ. ސުވަރުގޭގެ އަހުލުވެރިންނަކީ އެއް ޢުމުރެއްގެ މީހުންތަކެއް. (އަރަބި) " ތެއްތިރީސް އަހަރުގެ އުމުރުގެ ބައެއް ސުވަރުގޭގެ އަހުލުވެރިންނަކީ" އެހެންވީމަ މީގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވަނީ އާންމުގޮތެއްގައި މީހެއްގެ ފުރާ ފުރިހަމަ ވާނީ، ހަށިގަނޑުގެ ފުރާ ފުރިހަމަކަން ފުރިހަމަވެ އަންނާނީ ތެއްތިރީސް އަހަރުގެ އުމުރުގައެވެ. އެއީ އަންހެނުން ކަމުގައި ވިޔަސް އަދި ފިރިހެނުން ކަމުގައި ވިޔަސް." އެހެންވީމާ ސުވަރުގޭގެ އަހުލުވެރިންނަކީ އެއީ ހުރިހާ ބޭކަނބަލުންވެސް އަދި ހުރިހާ ސުވަރުގެ ވަންތަ ވެރިންވެސް ވާނީ ތެއްތިރީސް އަހަރުގެ ޒުވާނުންގެ ފުރިހަމަ ޢުމުރުގައެވެ.
- ޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ދަރުސަކުން